ބޮޑުތަކުރުފާނު މަގުގެ މަސައްކަތް
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް
ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތް ފުޅާކުރުމަށްޓަކައި ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެ މަސައްކަތް މި އަހަރުގެ އޭޕްރީލް މަހު ސަރުކާރުން ޙަވާލުކުރީ އެމްޓީސީސީއަށެވެ.

އެކުންފުނިން މިއަދު ބުނީ، ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށްޓަކައި، ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތުން ފުޅާކޮށް 4 ލޭނަށް މަގު ހެދުމާއި 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް) ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރާނެއެވެ. އަދި ރޯޑް މާކިންއާއި ސައިން ބޯޑް ހަރުކުރަން ހަމަޖެހިފައިވެއެވެ.

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނީ 3 ސެގްމަންޓަކަށް ބަހާލައިގެންނެއެވެ. މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބް ބޭސް ތައްޔާރު ކުރުމާއ،ި ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރާނެއެވެ.

މިއީ 144،509،024.16 (ސަތޭކަ ސާޅީސް ހަތަރު މިލިއަން ފަސްލައްކަ ނުވަހާސް ސައުވީސް ރުފިޔާ ސޯޅަ ލާރި)ގެ މަޝްރޫއެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު