މި ސަރުކާރަށް އާ މަޝްރޫޢެއް ނުފެށޭއިރު، ކުރިން ފަށާފައިވާ މަސައްކަތްތައްވެސް ނުނިންމޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ މި ސަރުކާރަށް އާ މަޝްރޫޢެއް ނުފެށޭއިރު، ކުރިން ފަށާފައިވާ މަސައްކަތްތައްވެސް ނުނިންމޭ ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން ފަށައި ގިނަ ރަށްރަށުގައި ބޮޑު އިންސައްތައެއްގެ މަސައްކަތް ނިންމާފައިވާ ނަރުދަމާގެ މަސައްކަތްތައް މަޢުރޫފް ފާހަގަ ކުރެއްވިއެވެ.
މަޢުރޫފް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ މުއްދަތު 2027 އާ ހަމައަށް އިތުރުކޮށްފައިވަނީ 2025ގެ ނިޔަލަށް އެ މަސައްކަތް ނުނިމޭނެކަން ޔަގީންވުމުން ކަމަށެވެ. އަދި އެމްޑީޕީ އާއި މި ސަރުކާރުގެ ތަފާތަކީ އެއީ ކަމަށްވެސް މައުރޫފް ވިދާޅުވެފައިވެއެވެ.
“ބިލެއް ފާސްކުރެވިދާނެ މެޖޯރިޓީ އޮތީމަ. ދިވެހިރާއްޖޭގެ އެއްވެސް ރަށެއްނެތް ފެނާއި ނަރުދަމާގެ ނިޒާމްގެ މަސައްކަތް ނުފައްޓާ. ބޮޑު ޕަސެންޓޭޖަކަށް މަސައްކަތް ނުނިމޭ.” މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ އެމްޑީޕީ ސަރުކާރުން މުޅިރާއްޖޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ، ރައްޔިތުންނަށް ރަނގަޅު ސިއްޙަތެއް ހޯދައިދިނުމަށާއި، ލޯކަލް ޓޫރިޒަމް ކުރިއެރުވުމުގެ ބޭނުގައި ކަމަށެވެ.
2025ގެ އޯގަސްޓްމަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ މުއްދަތު 2027 އަށް އިތުރުކޮށް މިސަރުކާރުން އެބިލު ތަސްދީޤު ކޮށްފައިވަނީ މިއަހަރުގެ 18 އޮގަސްޓްގައެވެ.

ކިޔުންތެރިންގެ ހިޔާލު