މަރްޔަމް ނަހްދާ ވަޙީދު   26 އޯގަސްޓު 2025 - 9:36
ހުތް މޭވާ އާއި ބެރީސް-
ހުތް މޭވާ އާއި ބެރީސް-
ކޮލާޖެން އަކީ ހަންގަނޑުގެ ރީތިކަން ދެމެހެއްޓުމަށްޓަކައި ވަރަށްވެސް މުހިންމު މާއްދާއެކެވެ. މި ޕްރޮޓީން އަކީ ހަންގަނޑު އޮމާންކަންމަތީ ބަހައްޓައިދޭ އަދި ހަމުގައި ރޫޖެއްސުން ހުއްޓުވައިދޭ މާއްދާއެކެވެ. ހަންގަނޑަށް ބޭނުންވާ ކޮލަޖެން ލިބޭނަމަ އުމުރުން ކިތައްމެ ދުވަސްވި ނަމަވެސް، ހަންގަނޑުގެ އަލިކަމާއި، ރީތިކަން ދަމަހައްޓައިދޭނެއެވެ. މިފަހަރު މި ހިމަނާލަނީ ކޮލާޖެން ބޫސްޓުކޮށްދޭ ބައެއް ކާނާގެ ބާވަތްތަކެވެ.

ހުތް މޭވާ

ހުތް މޭވާގެ ބާވަތްތަކަކީ ހަށިގަނޑުގައި ކޮލަޖެން އިތުރުކޮށްދޭ ބާވަތްތަކެކެވެ. އޮރެންޖު، ލުނބޯ، އަދި ގްރޭޕްފުރުޓު ފަދަ މޭވާތަކަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ ހިމެނޭ ބާވަތްތަކެކެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގައި ކޮލަޖެން އުފެއްދުމުގައި އެހީވެދޭ މާއްދާއެކެވެ. އަދި މިއީ އެންޓި އޮކްސިޑެންޓެއް ކަމުން ފްރީ ރެޑިކަލްތަކާ ދެކޮޅަށް މަސައްކަތްކޮށް ހަމުގެ ސިއްހަތުވެސް ރަނގަޅު ކުރުމަށް އެހީވެދެއެވެ.

ބަދަން

ތަފާތު އެކި ވައްތަރުގެ ބަދަނާއި އޮށަކީވެސް ކޮލަޖެން އިތުރުކުރުމަށް އެހީވެދޭ ބާވަތްތަކެވެ. އަލްމަންޑު، ވޮލްނަޓް، ޗިއާ ސީޑު، ފްލެކްސް ސީޑު އަދި ސަންފްލާވާ ސީޑު ފަދަ ބާވަތްތަކަކީ އޭގައި ގިނަ އަދަދަކަށް ވިޓަމުން އީ، ޒިންކު އަދި ފައިދީހުރި ފެޓުތައް އެކުލެވޭ ބާވަތްތަކެވެ. މި މާއްދާތަކަކީ ހަށިގަނޑުގައި ހުންނަ ކޮލަޖެން ރައްކާތެރިކޮށްދީ، ހަމުގެ ފަށަލަ ވަރުގަދަކޮށްދޭ މާއްދާތަކެވެ.

ބެރީ

ބެރީ އަކީވެސް ހަށިގަނޑުގައި ކޮލަޖެން ހުންނަ ވަރު އިތުރުކޮށްދޭ ބާވަތްތަކެވެ. ސްޓްރޯބެރީ، ބްލޫބެރީ، ރާސްބެރީ އަދި ބްލެކްބެރީ ފަދަ ބާވަތްތަކަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ އާއި، އެލެޖެއިކް އެސިޑު ފަދަ އެންޓި އޮކްސިޑެންޓުތައް ހިމެނޭ ބާވަތްތަކެވެ. އެހެންކަމުން ބެރީ ކެއުމުން ހަށިގަނޑުގައި ހުންނަ ކޮލަޖެން ހަލާކުވުން ހުއްޓުވައިދީ، ހަށިގަނޑުގައި ކޮލަޖެން އުފައްދާ ވަރު އިތުރުކޮށްދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް