ހުޅުމާލެ ވޯޓަރ ތީމް ޕާކުގައި މަރުވެފައި އޮތްވައި ރޭ ފެނިފައިވަނީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާކަމަށް ބެލެވޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ މަރުވެފައި އޮތްވައި ފެނުނީ ފިރިހެނެއް ކަމަށާއި އޭނާގެ ހަށިގަނޑު އޮތީ ކުނިވެފައި ކަމަށެވެ. އަދި އެމީހާ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
“މަރުވެފައިވަނީ ކާކުކަން ކަށަވަރުނުކުރެވުނު ނަމަވެސް އެއީ މި މަހުގެ 21ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާކަމަށް ބެލެވިދާނެ ބައެއް ކަންކަން ތަހުގީގަށް ހޯދިފައިވޭ.” ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މަރުވެފައި އޮތް މީހަކު ރޭ ފެނިފައިވަނީ ހުޅުމާލެ ވޯޓަރ ތީމްޕާކު ސަރަހައްދުގެ އަތިރިމަތިންނެވެ.
ފުލުހުން ބުނީ އެކަމާ ގުޅޭ އިތުރު މަޢުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު