ސިޔާސީ މަސައްކަތް ކުރާ ތަނަކަށް އެމްއޭސީއެލް ހަދާފައިވާ ކަމަށާއި، އެކަން ހުއްޓުވަންޖެހޭ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީޙް މިހެން ވިދާޅުވީ، ހދ. ނޮޅިވަރަންފަރު ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އެމްއޭސީއެލާއި ޙަވާލު ކުރުމާ ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން މަލީޙް ވިދާޅުވީ، އެމްއޭސީއެލަކީ ސަރުކާރުގެ ސިޔާސީ މަސައްކަތް ކުރާތަނެއް ނޫންކަމަށް އެ ކުންފުނީގެ ބޯޑުން ނިންމަންޖެހޭ ކަމަށެވެ. އަދި އެކުންފުނިން ކޮންސްޓަރަކްޝަން މަސައްކަތްތައް ކުރަން ސޮއިކުރުމަކީ ޖޯކެއް ކަމަށްވެސް މަލީޙް ވިދާޅުވެފައިވެއެވެ.
“ޝަރީފް ވަކިކުރަންޖެހޭ. މިއީ ޖޯކެއް. މިއީ ގޯހެއް.” މަލީޙް ވިދާޅުވިއެވެ.
ރާއްޖޭގެ 63 ރަށެއްގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ މަސައްކަތާއި އެމްއޭސީއެލް އިން ޙަވާލުވެފައިވާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2026 ގެ ނިޔަލަށް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު