ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައި ހިންގަވާ މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އެ ޕާޓީ އުވާލަން ނިންމާފައިވަނީ ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރުމަށް ބޭނުންވާ 3،000 މެންބަރުން އެޕާޓީގައި ނެތުމުގެ ސަބަބުންނެވެ.
މި ޕާޓީ އަކީ 2018 ވަނަ އަހަރު އުފައްދާފައިވާ ޕާޓީއެކެވެ. އީސީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގައި ތިބީ 2272 މެންބަރުންނެވެ.
އެމްޓީޑީ އުވާލުމަށް ނިންމާފައިވާތީ، އެ ޕާޓީން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް އެކަން ނިންމުމަށް އީސީން ވަނީ އަންގާފައެވެ.
އެމްޓީޑީ އުވާލުމަށް ނިންމާފައިވާއިރު، އެޕާޓީން ސިޔާސީ ހަރަކާތެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު