މަރްޔަމް ނަހްދާ ވަޙީދު   27 އޯގަސްޓު 2025 - 7:31
ބަނޑުގެ ކެންސަރުގެ ކުރީކޮޅު ފެންނާނެ އަލާމަތްތައް
ބަނޑުގެ ކެންސަރުގެ ކުރީކޮޅު ފެންނާނެ އަލާމަތްތައް
ބަނޑުގެ ކެންސަރަކީ ވަރަށް އާންމު ވައްތަރެއްގެ ކެންސަރު ބައްޔެއްނަމަވެސް، އާންމުކޮށް މި ކެންސަރު ދެނެގަނެވެނީ ފަހު ސްޓޭޖުތަކަށް ދާފަހުންނެވެ. މިކަން މިހެން ވަނީ މި ކެންސަރުގެ ކުރީކޮޅު ފެންނަ އަލާމަތްތަކަށް މާ ބޮޑު އަހައްމިއްޔަތުކަމެއް ނުދެވޭތީއެވެ. އެހެންވެ ބަނޑުގެ ކެންސަރުގެ ކުރީކޮޅު ފެންނަ އަލާމާތްތަކަށް ކިޔަނީ 'ސައިލެންޓް' ތުރެޓް އޭއެވެ. މިހެން މިއަށް ކިޔާ ސަބަބަކީ އެ އަލާމާތްތަކަކީ ގެއްލުމެއް ނެތް އަދި އާންމު ކަމެއް ކަމަށް ދެކި ފަރުވާ ނުދީ ދޫކޮށްލެވޭތީއެވެ. މިފަހަރު މި ހިމަނާލަނީ ބަނޑުގެ ކެންސަރުގެ ކުރީކޮޅު ފެންނާނެ ބައެއް އަލާމާތްތަކެވެ.

މާ އަވަހަށް ބަނޑުފުރުން

އަވަހަށް ބަނޑުފުރުމަކީ ބަނޑުގެ ކެންސަރުގެ އެންމެ ކުރީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ އެއް ކަމެވެ. ކުޑަކުޑަކޮށް ކެއުމުންވެސް ބަނޑުފުރޭނަމަ، ނުވަތަ ބަނޑަށް އުނދަގޫވާން ފަށާނަމަ އެއީ ބަނޑުގައި ޓިއުމަރެއް އުފެދެމުންދާ ކަމުގެ ނިޝާނަކަށް ވެދާނެއެވެ.

މާގިނައިން މެއިން ދިލަނެގުން

މެއިން ދިލަނެގުމަކީ އާންމު ގޮތެއްގައި ގޭސްވުމުން ދިމާވާ މައްސަލައެކެވެ. އެހެންނަމަވެސް ބޭސް ކައިގެންވެސް ނުވަތަ ގޭގައި ފަރުވާ ދީގެންވެސް މައްސަލަ ހައްލުނުވެ، ދިގުދެމިގެންދާނަމަ އެއީ މައްސަލައެކެވެ. އެއީ ބަނޑުގެ ކެންސަރުގެ އަލާމަތަކަށް ވެދާނެއެވެ.

އަބަދު ވަރުބަލިވުން

އެއްވެސް ސަބަބެއް ނެތި އަބަދު ވަރިބަލިކަން އިހުސާސް ކުރެވުމަކީވެސް ބަނޑުގެ ކެންސަރުގެ އަލާމަތަކަށް ވެދާނެއެވެ. މިކަން މިހެން ދިމާވަނީ ލޭގައި ބްލަޑް ސެލްތައް މަދުވުން ނުވަތަ 'އިންޓާނަލް ބްލީޑް' އެއްގެ ސަބަބުން ކަމަށްވެދާނެއެެވެ. ވަރުބަލިވުމާއި ގޭސްވުން ފަދަ މައްސަލަތައް އެކުގައި މާގިނައިން ފެންނަނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެކެވެ.

ބަނޑުގެ ކެންސަރު ބައްޔަށް ޝައްކުވާފަދަ އެއްވެސް އަލާމާތެއް ފާހަގަކުރެވިއްޖެނަމަ ވިހާވެސް އަވަހަކަށް ސިއްހީ ފަރުވާ ހޯދުން މުހިންމެވެ. އަދި މިފަދަ އަލާމާތްތައް އަވަހަށް ދެނެގަތުމަށް މީހާގެ ހަށިގަނޑަށް އަންނަ ބަދަލުތައް މޮނީޓަރ ކުރުމާއެކު، ގަވާއިދުން ހެލްތު ޗެކަޕް ހެދުންވެސް ވަރަށް މުހިންމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް