ރާއްޖޭގެ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލަނީ މިއަދު ޕީއެންސީގެ މަޖިލިސް މެމްބަރުން ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިހެން ވިދާޅުވެފައި މިވަނީ މިނިވަން މީޑިއާ ކޮންޓްރޯލު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާމެދު ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް އެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަނީ "މިއަދު ޕީއެންސީގެ މިތިބަ މަޖްލިސް މެމްބަރުން" ކަމަށެވެ.
ތަކުރާރުކޮށް ގާނޫނު އަސާސީއާ ޚިލާފު ގާނޫނުތައް އުފަން ކޮށް ރައްޔިތުންގެ ބާރު ކަނޑުވާލުމުގެ ޒިންމާ ޕީއެންސީގެ ޕީޖީ މެމްބަރުން އުފުލަންޖެހޭ ކަމަށް ޖަމީލު ވިދާޅުވިއެވެ.
"މިމެމްބަރުންނަކީ ރައްޔިތުންގެ ޚާއިނުން. ޢަދުއްވުން. ޣައްދާރުން. މިމީހުންނާ މިމީހުންގެ ދަރިފަސްކޮޅުވެސް ބޮއިކޮޓް ކުރުން ވާޖިބު!" ޖަމީލު ވިދާޅުވިއެވެ.
މީޑިއާ ކޮންޓްރޯލުކުރާ ބިލާ ދެކޮޅަށް އަޑުއުފުލައި ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ މިއަދު މުޒާހަރާ ކޮށްފައެވެ.
މި ބިލާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ދާދި ފަހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަށްވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެއީވެސް ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލަން ގާނޫނަށް ގެނައި އިސްލާހެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރާއްޖޭގެ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަނީ މިއަދު ޕީއެންސީގެ މިތިބަ މަޖްލިސް މެމްބަރުން. ތަކުރާރުކޮށް ގާނޫނު އަސާސީއާ ޚިލާފު ގާނޫނުތައް އުފަން ކޮށް ރައްޔިތުންގެ ބާރު ކަނޑުވާލުމުގެ ޒިއްމާ މިމީހުން އުފުލަންޖެހޭ.
— Mohamed Jameel Ahmed (@MJameelAhmed) August 27, 2025
މިމެމްބަރުންނަކީ ރައްޔިތުންގެ ޚާއިނުން. ޢަދުއްވުން. ޢައްދާރުން.… pic.twitter.com/koQ7rrNwgC
މީޑިއާ ކޮންޓްރޯލުކުރާ ބިލާ ދެކޮޅަށް އަޑުއުފުލައި ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ މިއަދު މުޒާހަރާ ކޮށްފައެވެ.
މި ބިލާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ދާދި ފަހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަށްވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެއީވެސް ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލަން ގާނޫނަށް ގެނައި އިސްލާހެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު