އިލެކްޝަންސް ކޮމިޝަނުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އުވާލަން ނިންމީ ދުސްތޫރީ ޙައްޤު ގެއްލޭގޮތަށް، ޑިއު ޕްރޮސެސްގެ ފުރުޞަތު ނުދީ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.
އެމްޓީޑީ އުފައްދާފައިވަނީ ޑިސެންބަރު 27، 2018 ގައެވެ. އެ ޕާޓީ އުފައްދަން އީސީން ހުއްދަ ދިނުމުން ޕާޓީއަށް ފުރަތަމަ ސޮއިކުރެއްވީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރެވެ.
އެމްޓީޑީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިލެކްޝަންސް ކޮމިޝަނުން ޤާނޫނާ ޚިލާފަށް، މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލުމަށް ނިންމި ނިންމުން ޕާޓީން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ.
އަދި މިއީ ކަނޑައެޅިގެން އެޕާޓީގެ މެންބަރުންގެ ރުހުމަކާ ނުލައި އަދި އެޕާޓީއަށް ޤާނޫނު އަސާސީން ލިބިދީފައިވާ ދުސްތޫރީ ޙައްޤު ގެއްލޭގޮތަށް، ޑިއު ޕްރޮސެސްގެ ފުރުޞަތުވެސް ނުދީ ނިންމާފައިވާ ނިންމުމެއް ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. އެހެންކަމުން އެމައްސަލާގައި ކޯޓަށް ދާނެ ކަމަށްވެސް އެމްޓީޑީން ވަނީ ބުނެފައެވެ.
“އިލެކްޝަންސް ކޮމިޝަނުން، ޤާނޫނާ ޚިލާފަށް ބޭއިންސާފުން ނިންމާފައިވާ މި ނިންމުމަށް އިންސާފު ހޯދުމަށް ކޯޓުތައް މެދުވެރިކޮށް ކުރެވެންހުރި މަސައްކަތެއް މި ޕާޓީން ކުރާނެ ވާހަކަ ދަންނަވަމެވެ. އަދި މިކަމުގައި، ޑިމޮކްރެޓިކް މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، ބައިނަލްއަގްވާމީ ބައިވެރިން މި ޕާޓީއާއި ޕާޓީގެ މެންބަރުންނާއެކު ތިބުމަށް ގޮވާލަމެވެ.” އެމްޓީޑީގެ ބަޔާނުގައިވެއެވެ.
އޭގެއިތުރުން މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް ފުނޑުފުނޑުކޮށްލައި، ސިޔާސީ މަސައްކަތްތައް ހިމޭންކޮށް، މިނިވަންކަމާއެކު ސިޔާސީ ކަންކަމުގައި ޙަރަކާތްތެރިވުމާއި، ބައިވެރިވުމުގެ އަސާސީ ޙައްޤަށް ނުރައްކާވާގޮތަށް ހިންގާފައިވާ އަމަލެއް ކަމަށް އެޕާޓީން ތުހުމަތު ކޮށްފައިވެއެވެ.
“ސިޔާސީގޮތުން މި ޕާޓީ ހިމޭން ކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ނުކުރެވޭނެއެވެ. އިންސާފާއި ޑިމޮކްރަސީގެ ހަމަތައް މިނިވަންކަމާއެކު ކުރިއެރުވެން ޖެހޭނެއެވެ.” އެމްޓީޑީން ބުނެފައިވެއެވެ.
އެމްޓީޑީން މިހެން ބުނެފައިވާއިރު އިލެކްޝަންސް ކޮމިޝަނުން އެމްޓީޑީ އުވާލަން ނިންމާފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން، ޕާޓީއެއްގައި ހުންނަންޖެހޭ އެންމެ މަދު 3,000 މެންބަރުން އެ ޕާޓީގައި ހަމަނުވާތީއެވެ.
އީސީން ގެޒެޓުކުރި އިއުލާނެއްގައިވާ ގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް އެމްޓީޑީގައި ތިބީ 2،272 މެންބަރުންނެވެ. މެންބަރުންގެ އަދަދު މަދުވާނަމަ އެ އަދަދަށް މީހުން އިތުރުކުރަން ތިން މަސް ދިނުމަށް ފަހު، އަދަދު ހަމަނުވާނަމަ އެ ޕާޓީއެއް އުވާލުމުގެ ބާރު ކޮމިޝަނަށް ލިބިދެއެވެ.
އީސީން މީގެ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ވެސް މެންބަރުން ހަމަނުވާތީ އުވާލާފައިވެއެވެ. އެމްޓީޑީ އުވާލުމާ އެކު، އީސީގެ ދަފުތަރުގައި މިހާރު ރަސްމީކޮށް އަށް ސިޔާސީ ޕާޓީއެއް އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު