ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އައިފަހުން މަސައްކަތުގެ ދާއިރާއިން އެންމެ ހަމަޖެހިގެން އުޅޭ ބަޔަކީ ދިވެހި ނޫސްވެރިންކަމުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވެފައި ވަނީ މީޑިއާ ބިލާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިން އިހުތިޖާޖުކުރަމުންދާތީ އެކަމާއި ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ މި ސަރުކާރު އައިފަހުން ގްރީން ޒޯނުގައި ނޫސްވެރިންނަށް ހާއްސަ ކުރެވިގެން ފިނިމައިޒާނެއް ހެދިފައިވާ ކަމަށެވެ.
އަދި އެ މައިޒާނުގައި ތިބެގެން ލިޔެވޭ ކަމަށާއި، ފައުޅުކޮށް އަޑު އުފުލޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ ވަޒީރުންނާއި އަދި އެހެނިހެން ބޭފުޅުންނާއެކު ލައިވް އިންޓަވިއުތައް ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވިގޮތުގައި މީގެ ކުރީގެ ސަރުކާރުތައް ހިންގި ދުވަސްވަރު ދިވެހި ނޫސްވެރިން ގްރީން ޒޯނަށް ވަދެ ހިޔާލު ފާޅުކުރަން ފެށުމުން އެ ނޫސްވެރިންނަށް ދަންނަވަނީ 'ޕެޕަރ ސްޕްރޭ' ފުަޅިތަކަކުންނެވެ.
"ނޫސްވެރިން ގެއަށްގޮސް ފެންވެރުމުގެ ބަދަލުގައި ސަލާމަތީ ބާރުތަކުން އެބައިމީހުން ދުރަށް ޖެއްސުމަށް ޖަހާ ޕްރެޝަރ ފެނުން އެބައިމީހުން ފެންވަރުވާ ހަދާ!" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ މި ސަރުކާރުން ނޫސްވެރިން ބިކަކޮށް ނުލާނެ ކަމަށެވެ. އަދި ހަޤީޤީ ޚަބަރު ތައްމިނަށް ހުޅުވިގެން ލިޔެވޭނެ މާހައުލު ފަހިވެފަ އޮންނާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު