ކޮންމެ މީހަކަށްވެސް ގޯސްކަމެއް ފެނުމުން އެއީ ގޯހެކޭ ބުނުމުގެ ފުރުސަތު އޮންނަން ވާނެކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިހެން ވިދާޅުވެފައި މިވަނީ ޕީއެންސީގެ ޕީޖީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު، ނޫސްވެރިން "އުލުބައިންދަން" (އެބަހީ، އުލަށް އަމުނައި މަރާލަން) ގޮވާލި ގޮވާލުމާ ގުޅިގެން، އެކަން ކުށްވެރިކުރި ސަރުކާރުގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެންނެވެ.
އެގޮތުން މިކަމާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވަނީ މިނިސްޓްރީ އޮފް ސްޕޯޓްސްގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހިމް ސައީދު (ކޭޑު) އެވެ.
ފަލާހުގެ ބަޔާނާ ގުޅޭ ގޮތުން ކޭޑު ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓުގައި ވިދާޅުވީ "މި ކަލޭގެ ނޫސްވެރިން އުލަށް އަމުނައި މަރާލަން ގޮވާލި މައްސަލަ ވެސް ބަލަންޖެހޭ" ކަމަށެވެ. މީގެ އިތުރުން، ފަލާހު ދެކެ ބިރުގަންނާނީ ހަމައެކަނި ޕީއެންސީގައި ހިމެނޭ 'ރިހަ ޓީމު' ކަމަށާއި ނަމަނަމަ އޭނާއާ ނުބެހުމަށް ކޭޑު ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ކޭޑު ވަޒީފާއިން ވަކިކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި މަލީހް ވިދާޅުވީ ޒުވާނުން ފަސްނުޖެހޭނެ ކަމަށާއި، ރައީސް މުއިއްޒު ޖައްސަވާ 'ހިސާބު' ހަމަނުޖެހޭ ކަމަށެވެ.
"ކޮންމެ މީހަކަށްވެސް ގޯހަކީ ގޯހެކޭ ބުނުމުގެ ފުރުސަތު އޮންނަން ވާނެ،" މަލީހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު