ދުނިޔޭގެ އެއްވެސް ގައުމެއްގައި ނޫސްވެރިންނަށް ލިބިނުދޭ މިނިވަންކަން ރާއްޖޭގައި އެބައޮތްކަން މިއަދު ހާމަވަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މީޑިއާ ރެގިއުލޭޓަރީ ބިލް ރައްޔިތުންގެ މަޖިލީހަށް ވެއްދިއިރު އެ ބިލުގައި ނޫސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ ނޫސްވެރިންތަކެއްވަނީ މިއަދު ރައީސް އޮފީސް ކައިރީގައި އިހުތިޖާޖު ކޮށްފައެެވެ.
އެވަގުތު ރައީސުލްޖުމްހޫރިއްޔާ އޮފީހުން ނުކުމެވަޑައިގެން މުލިއާގެއަށް ވަޑައިގެންނެވިއިރު އެތާ ތިބި ނޫސްވެރިންވަނީ ރައީސް ހިންގަވާފައި ވަޑައިގެންނެވި އިރުވެސް ފަހަތުން ގޮސް ރައީސާ ސުވާލުތައް ކުރިމަތިކުރަން މަސައްކަތް ކޮށްފައެވެ.
އެއާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނޫސްވެރިންގެ ޕްރޮފެޝަނަލިޒަމާ މެދު ސުވާލު އުފައްދަމުންނެވެ. އެއާއި ގުޅިގެން މިނިސްޓަރު ސައީދު މިއަދު އެކްސްގައި ވިދާޅުވީ، ހަމައެކަނި މިއަދު ވެސް ހެނދުނުއްސުރެ ގްރީންޒޯންގައި ނޫސްވެރީން މުޒާހަރާކޮށް ބޭނުން ވަރަކަށް އަޑު އުފުލުނު ކަމަށެވެ.
އޭގެއިތުރުން ނޫސްވެރީންގެ ކަންބޮޑުވުން އަޑުއެއްސެވުމަށް އިންފޮމޭޝަން މިނިސްޓަރާއި ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން މިނިސްޓަރ އެއްވެތިބި ނޫސްވެރީންގެ ތެރެއަށް ވަޑައިގެން ބައްދަލުކުރައްވާ ވާހަކަތައް އަޑުއެއްސެވިކަމަށެވެ.
އަދި ކަންބޮޑުވުންތައް ދަންނަވަން އެދުނު ނޫސްވެރީންގެ އަޑު އެއްސެވުމަށް މޯލްޑިވްސް ޖާރނަލިސްޓް އެސޯސިއޭޝަނާ ސީދާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާ ހުރިހާ ވާހަކައެއް އަޑުއެއްސެވި ކަމަށް ސައީދު ވިދާޅުވިއެވެ.
އޭގެ އިތުރުން ރައްޔިތުން މަޖިލީހަށް ހުށަހެޅިފައި އޮތް އެ ބިލަށް ނޫސްވެރީން ބޭނުން ވަރަކަށް ޚިޔާލުތަކާ އިޞްލާޙުތައް ހުށަހަޅަން 10 ދުވަހުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ.
"އޮފީސް ނިންމަވާފައި ރައީސުލްޖުމްހޫރިއްޔާ ހިންގަވާފަަައި މުލީއާގެއަށް ވަޑައިގަތް މަގުމަތީ، ނޫސްވެރީންގެ ނަމުގައި ތިބި ބަޔަކު ފަހަތްޕުޅުން ހިނގާ، އަޑުގަދަކޮށް، ހަށިކޮޅަށް އަތްލާ ހިސާބަށް ގެންދިއުމުންވެސް ސަރުކާރުން ޚިޔާރުކުރީ ކެތްތެރިކަން،" ސައީދު އެކްސްގައި ވިދާޅުވެފައިވެއެވެ.
ސައީދު ވިދާޅުވީ ނޫސްވެރީންގެ ސުވާލުތަކަށް ލައިވް ޕްރެސްއެއް ބާއްވަވާ ބަންޑާރަނައިބު ޖަވާބު ދެއްވާފައިވާ ކަމަށާއި ބަންޑާރަނައިބުގެ ޕްރެސްގައި އިޙްތިޖާޖުކޮށް ބޭނުން އަޑެއް އުފުލަންވެސް ނޫސްވެރީންނަށް ފުރުޞަތު ދެއްވާފައިވާކަމަށެވެ. އެހެންކަމުން މިހުރިހާކަމަކަށް ބަލާއިރު ދުނިޔޭގެ އެހެން ގައުމެއްގައި ލިބިފައިނުވާ މިނިވަންކަން މިއަދުގެ ސަރުކާރުން ދީފައިވާކަން ހާމަވަމުންދާކަމަށް ސަޢީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު