ހެޕީމާކެޓުގެ ހުޅުމާލެ ކަލިނަރީ އެންޑް މިއުޒިކް ފެސްޓިވަލް މިއަދު ފަށައިފިއެވެ.
މިއަދާއި މާދަމާ (މިމަހުގެ 28 އިން 29) އަށް ކުރިއަށް ގެންދާ ހުޅުމާލެ ކަލިނަރީ އެންޑް މިއުޒިކް ފެސްޓިވަލް ފެށީ މިއަދު ހަވީރު 4 ޖެހިއިރު، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ފެސްޓިވަލް ހުކުރު ދުވަހުގެ ހަވީރު 4 ން 6 އަށް އަދި ރޭގަނޑު 8 ން 11:50 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެއެވެ.
ހެޕީމާކެޓުން ބުނީ ހުޅުމާލެ ކަލިނަރީ އެންޑް މިއުޒިކް ފެސްޓިވަލް ވެގެންދާނީ އެކި ރަހަތަކުންނާއި، ސަގާފީ ބޮޑުބެރު އަދި ބޭންޑުތަކުގެ ލަވަތަކުން ފުރިގެންވާ އުފާވެރި ފެސްޓިވަލްއަކަށް ކަމަށެވެ.
ހުޅުމާލެ ކަލިނަރީ އެންޑް މިއުޒިކް ފެސްޓިވަލްގައި ހެޕީމާޚެޓުން އެތެރެކޮށް ވިއްކާ ހުރިހާ ޕްރޮޑަކްޓްތައް ޑިސްޕްލޭކޮށްފައިވާއިރު، މި ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ތައްޔާރުކުރާ ކާއެއްޗެހީގެ ރަހަބެލުމާއި، ޕްރޮޑަކްޓް ސާމްޕަލް ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އަދި މި ފެސްޓިވަލްއަށް ޒިޔާރަތްކޮށް، ހެޕީމާކެޓުގެ ސޭލްސް ޓީމާއި ބައްދަލުކުރެވި، ވިޔަފާރިވެރިންނަށްވެސް ހާއްސަ ޕްރޮމޯޝަންތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ހެޕީމާކެޓުން ބުނެއެވެ.
މީގެއިތުރުން ހެޕީމާކެޓް ގްރޫޕް އޮފް ކޮމްޕެނީސްގެ ދަށުން ހިންގާ އަންގިރި މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑް އަަށް ނިސްބަތްވާ 4 ރިސޯޓަށް ހާއްސަ ކުރެވިފައިވާ ސްޓޯލްތަކުން އެކި ކަހަލަ ކެއުމުގެ ބާވަތްތަކާއި ބުއިންތައް ލިބެން ހުންނާނެކަމަށް ހެޕީމާކެޓުން ބުނެއެވެ.
އަދި ހަމަ މިއަދެކޭ އެއްފަދައިން މާދަމާވެސް ފެސްޓިވަލް ކުރިއަށްދާ ވަގުތު، ހަވީރާއި ރޭގަނޑު ސްޓޭޖްމަތިން މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ފެނިގެންދާނެއެވެ. އެގޮތުން ރޮބޯމޭން އަދި މަޝްހޫރު މިއުޒިކް ބޭންޑްތަކުގެ ލައިވް މިއުޒިކާއި، ބޮޑުބެރު ގްރޫޕްތަކުގެ ހަރަކާތްތަކާއި، އިންޓަރނޭޝަނަލް ޑީޖޭއެއް އެއްވެސް ވަނީ ޝެޑިއުލްކޮށްފައެވެ.
މި ފެސްޓިވަލްގެ ސްޓޭޖް ސަރަހައްދުގައި ހުރިހާ އުމުރުފުރާއަކާއި ގުޅޭ ގޮތައް ގޭމްސް އަދި އިންފްލޭޓަރސް ހިމެނޭ ފަން ޒޯން އެއް ގާއިމުކޮށްފައިވާއިރު، ޗެސް ޗެލެންޖް ޒޯންއެއްވެސް ވަނީ ގާއިމުކޮށްފައެވެ.
މި ފެސްޓިވަލުން، ދިވެހި ފަންނުވެރިންގެ އުފެއްދުންތައް ހިމެނޭ ޓެންޓުތަކުން އެކި ގަޑިތަކުގައި އެބޭފުޅުންގެ މަސައްކަތް ލައިވްކޮށް ބަލާލެވި، އެ ޕްރޮޑަކްޓްތައް ތައްޔާރު ކުރާ ގޮތުގެ މަޢުލޫމާތު ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.
މިހުރިހާކަމެއް ހިމެނޭ މި ކުލަގަދަ ފެސްޓިވަލްއަކީ، ހެޕީމާކެޓްގެ 33 އަހަރުގެ ޚިދުމަތުގައި އެކި ގޮތްގޮތުން ބައިވެރިވި ފަރާތްތަކާއި، ކަސްޓަމަރުން، އެބޭފުޅުންގެ އާއިލާ އާއި އެކު އުފާވެރި އަދި ހިތްގައިމު ވަގުތުތަކެއް ހޯދައިދިނުމުގައި ހެޕީމާކެޓުން ރާވާ އިންތިޒާމުކުރާ އިވެންޓެކެވެ.

ކިޔުންތެރިންގެ ހިޔާލު