ފަލަސްތީނުގެ ހިބްރޫން ސިޓީގެ 6 ސްކޫލަކަށްވަދެ އިސްރާއީލު ސިފައިން ގިނަ އަދަދެއްގެ ޓީޗަރުން ހައްޔަރުކޮށްފިއެވެ.
ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއިލް ސިފައިން ހެބްރޯން ސިޓީގެ ޝެއިކް ކުއާޓަރ އަދި ދެކުނު ސަރަހައްދުގައި ހުރި 6 ސްކޫލަށް ވަދެ، އެތަންތަން ބަލައި ފާސްކޮށް، ފޮޓޯތަކާއި ޓެކްސްޓް ފޮތްތައް އަތުލައިގެންފައިވާ ކަމަށެވެ. އަދި މި ރެއިޑްގެ ތެރޭގައި ޓީޗަރުން ހިފަހައްޓާފައިވާ ކަމަށް ވަނީ ބުނެފައެވެ.
މި އަމަލުތައް ކުށްވެރިކޮށް އެ މިނިސްޓްރީން ބުނީ މިއީ ބައިނަލްއަޤްވާމީ އަދި އިންސާނީ ޤާނޫނުތަކުގެ ސީދާ ޚިލާފު ކަމެއްކަމަށެވެ. ޚާއްޞަކޮށް ތަޢުލީމު ރައްކާތެރިކުރުމުގެ މުޢާހަދާތަކާ ޚިލާފު ކަމެއް ކަމަށާއި، މިއީ ތަޢުލީމީ މުއައްސަސާތައް އަމާޒުކޮށް، ދަރިވަރުންނާއި މުދައްރިސުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް އިޒްރޭލުން ގެންގުޅޭ ސިސްޓަމެޓިކް ސިޔާސަތުގެ ބައެއް ކަމަށް ބުނެފައިވެއެވެ.
ހަމައެއާއެކު ހުޅަނގުއައްސޭރީގެ ދެކުނުގައިވާ ބައިތްލަހަމްގައި ނޫސްވެރިއަކުވެސް އިސްރާއީލުން ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ ނޫސްވެރިއެއް ކަމަށްވާ އަަސީދު އަމްރާން އެވެ.
އޭނާ ހައްޔަރުކުރުމާއެކު، މިހާރު ހައްޔަރުކޮށްފައި ތިބި ނޫސްވެރިންގެ އަދަދު 55 އަށް އަރާފައިވާކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު