ސިނަމާލެ ބްރިޖަކީ ރާއްޖެއާއި ޗައިނާގެ ގާތް ގުޅުމުގެ ވަރަށް ފުރިހަމަ ރަމްޒެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ބިނާކުރި ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވިތާ 7 އަހަރު ފުރުން ފާހަގަކުރަށްވައި، މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ސިނަމާލެ ބްރިޖް މަޝްރޫޢުއަކީ ރާއްޖޭގެ ކުރިއެރުމަށް ހުޅުވުނު ވަރަށް މުހިންމު ދޮރޯއްޓެއްކަން ރައީސް ފާހަގަ ކުރަށްވާފައިވެއެވެ.
ހަމައެއާއެކު ރައީސް ވިދާޅުވީ، ބްރިޖަކީ ދިވެހިރާއްޖެއާ ޗައިނާއާއި ދެމެދު އޮތް އިތުބާރާއި ދެ ޤައުމުގެ ގުޅުމުގެ ވަރަށް ފުރިހަމަ ރަމްޒެއްކަމަށާއި، މިއީ ރާއްޖޭގެ ތަރައްޤީގެ ޙަޤީގީ ބައިވެރިއެއްގެގޮތުގައި ޗައިނާއިން އޮތްކަން ދައްކުވައިދޭ ރަމްޒެއްކަމަށެވެ.
އޭގެއިތުރުން އެ މަސައްކަތަކީ ދެ ޤައުމުގެ އެކުވެރިކަމާ ގުޅުމާއި، އެއްގައުމުން އަނެއް ޤައުމަށް އޮތް އިތުބާރު ފުރިހަމައަށް ދައްކުވައިދޭ މަސައްކަތެއްކަމަށް ރައީސް މުޢިއްޒުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ރައީސް ޔާމިންގެ ސަރުކާރުގައި ސިނަމާލެ ބްރިޖް ހުޅުވާފައިވަނީ 30 އޯގަސްޓް 2018 ގަ އެވެ. ދުއިސައްތަ މިލިއަން ޑޮލަރުގެ ލޯނު އެހީގައި ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ. އަދި ބްރިޖްގެ މަސައްކަތް ނިންމުމަށް 30 މަސްދުވަސް ވަނީ ހޭދަވެފައެވެ. މި ބްރިޖަކީ ދެ ކިލޯމީޓަރު ދިގު ބްރިޖެކެވެ.
ސިނާމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދިޔަ ދުވަސްވަރު، ރައީސް މުޢިއްޒު ހުންނެވީ، ހައުސިން މިނިސްޓަރުކަމުގެ މަޤާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު