ރާއްޖެ ބިނާކުރުމުގެ އެންމެބޮޑު އެއް ޙިއްސާދާރަކީ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ކޮލި މުޙައްމަދު މަނިކު ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، މިއަދުގެ ދިވެހިރާއްޖެ މިގޮތުގައި ބައްޓަންކޮށް ބިނާކުރުމުގެ އެންމެ ބޮޑު އެއް ޙިއްސާދާރަކީ ކޮލި މުޙައްމަދު މަނިކު ކަމަށެވެ.
“ޢާއިލާއަށް އިޚްލާސްތެރި ތަޢުޒިޔާ ދަންނަވަން. މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރަށްވާށި.” ރައީސް ނަޝީދުގެ މެސެޖްގައިވެއެވެ.
އެމްޔޫ މަނިކަކީ ރާއްޖޭގައި އެންމެ ފުރަތަމަ ފަތުރުވެރިކަމުގެ މަސައްކަތް ފެއްޓެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ދައުލަތުން ވަނީ މުހައްމަދު އުމަރު މަނިކަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތްވެސް އަރުވާފައެވެ.
އެމްޔޫ މަނިކް އަވަހާރަވީ އުމުރުފުޅުން 78 އަހަރުގައި ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ދެރަވެ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހެނދުނު އެ ގައުމުގެ ގަޑިން 6:30 ގަ އެވެ. އެމްޔޫ މަނިކަކީ ޔުނިވާސަލް އެންޓަޕްރައިސްގެ އެއް ހިއްސާދާރެވެ.
އެމްޔޫ މަނިކު އަވަހާރަވުމާއި ގުޅިގެން ޔުނިވާސަލް އެންޓަޕްރައިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޔޫ މަނިކަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ހިތްވަރާއި އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރެއްވި އަދި އެތައް ބައެއްގެ ލޯބި ހޯއްދެވި ބޭފުޅެއް ކަމަށެވެ. އަދި އޭނާ އަކީ އެތައް ބަޔަކަށް މަގު ދެއްކެވި، އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި ބޭފުޅެއް ކަމަށެވެ.
އެމްޔޫ މަނިކުގެ ޖަނާޒާގެ ކަންތައް ހަމަޖެހިފައިވަނީ މިއަދުގެ ޢަޞުރު ނަމާދަށްފަހު، ސިންގަޕޫރުގެ ޕްރަސާރާ އަމަން މިސްކިތުގައެވެ.

ކިޔުންތެރިންގެ ހިޔާލު