އިދިކޮޅު ފަރާތްތަކާއި ނޫސްވެރިން އެދޭހާ ގޮތަކަށް ކަންކަން ބައްޓަން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ މީޑިއާ ރެގިއުލޭޓުކުރުމުގެ ބިލާ ގުޅޭގޮތުން ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
ބިލުގައި ގައުމީ ސަލާމަތަށް ނުރައްކާވުމަކީ ކޮބައިކަން ސާފު މާނައިގައި ތަފްސީލު ކޮށްދެވިފައި ނެތްއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ކަންކަން ކޮށްފިނަމަ ފިޔަވަޅު އަޅާނެކަމަށް ބަޔާންކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ ބިލުގައި އޮޅުން އަރާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް ކަންކަން އޮތީ ސާފުކޮށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީޑިއާ ރެގިއުލޭޓު ކުރުމުގެ ބިލުގެ ސަބަބުން ނޫސްވެރިން ސަރުކާރަށް ފާޑުކިޔާއިރު، ބިލުގައި އޮތީ ކީކޭކަންވެސް ރަނގަޅަށް ބަލާ ނުލާކަމަށް ޒަރީރު ވަނީ ވިދާޅުވެފައެވެ.
ޒަރީރު ވިދާޅުވީ އިދިކޮޅާއި ނޫސްވެރިން އެދޭހާ ގޮތަކަށް ކަންކަން ބައްޓަން ނުވާނެކަމަށެވެ. އަދި އިދިކޮޅުގައި އޮންނައިރު، ކަންކަމުގެ ހައްގުގައި އާއި ދިފާއުގައި ނިކުންނާނެކަމަށާއި، މިނިވަންކަމަށް ވަކާލާތުކުރާނެކަމަށް ފާހަގަކުރައްވައި ޒަރީރު ވިދާޅުވީ އެހެން ނަމަވެސް ވެރިކަމަށް އައުމުން ރާގު ބަދަލުވާނެ ކަމަށެވެ.
ތަފާސް ހިސާބުތައް ބެލުމުން އެމްޑީޕީއިން މާ ބޮޑަށް ނޫސްވެރިންގެ މިނިވަންކަމަށް އަރައިގަނެފައިވާކަން ސާފުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާތަނަށް އައިއިރު އެމްޑީޕީގެ ވެރިކަމުގައި ހައްޔަރުކުރި ނޫސްވެރިން މާ ގިނަ ކަމަށާއި، ފިޔަވަޅު އެޅި ނޫސްވެރިން މާ ގިނަ ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖެއަކީ ކުޑަ އަދި ރިސޯސެސް މަދު ގައުމަކަށްވީއިރު، ލިޔެލާ ހަބަރެއްގެ ސަބަބުން ވަރަށް ބޮޑެތި އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮންނާނެކަމަށް ޒަރީރު ވިދާޅުވިއެވެ. އެހެންކަމުން ސާބިތު ހިފޭ ވާހަކަތައް ފެތުރުމަކީ މުހިންމުކަމެއްކަމަށް ޒަރީރު ވިދާޅުވިއެވެ.
މެންބަރު އިތުރަށް ވިދާޅުވީ ގާނޫނު އަސާސީއާއި ހިލާފަށް ގާނޫނުތައް ނެހެދޭނެކަމަށެވެ. އެހެންކަމުން ބިލުގައި އިސްލާހުކުރަން ޖެހޭކަމެއް ހުރިނަމަ އެކަން ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު