ފަލަސްޠީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 50 މީހުން ޝަހީދުވެއްޖެއެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކުގެ މަސްދަރުތަކުން މައުލޫމާތު ދީފައިވާ ގޮތުގައި އިއްޔެ ފަތިހުން ފެށިގެން އިސްރާއިލްގެ ހަމަލާތަކުގައި 50 މީހުން ޝަހީދުވެފައިވެއެވެ. މީގެތެރެއިން 26 މީހުން ޝަހީދުވެފައިވަނީ ޣައްޒާ ސިޓީއަށް ދިން ހަމަލާތަކުގައެވެ.
ޝަހީދުވި މީހުންގެ ތެރެއިން 10 މީހުންނަކީ ކާބޯތަކެތި ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް ހަމަލާދީ ޝަހީދުކޮށްލި މީހުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
އިސްރާއީލުގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ޣައްޒާ ސިޓީއަށެވެ. އެގޮތުން އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ ޣައްޒާ ސިޓީގެ އެކި ސަރަހައްދުތަކަށް ވަދެ، ހަމަލާދިނުމުގެ މަސައްކަތް ފަށާފައެވެ.
އައްޝިފާ ހޮސްޕިޓަލުގެ މަސްދަރަކުން ބުނެފައިވާ ގޮތުގައި އައްނަޞްރު ސަރަހައްދުގައި ހުރި ރޮށި ފިހާރައަކަށް އިސްރާއިލުން ދިން ހަމަލާއެއްގައި 11 މީހުން ޝަހީދުވެފައިވެއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަނޑުހައިހޫނުކަމާއި ކާނާ ވިހަވުމުގެ ސަބަބުން 10 މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި 3 ކުޑަކުދިން ހިމެނެއެވެ.
އެ ވުޒާރާއިން ބުނީ މިހާތަނަށް ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 332 އަށް އަރާފައިވާއިރު، މީގެތެރޭގައި 124 ކުޑަކުދިން ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު