މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކުގެ ބައްދަލުވުމެއް ބޭއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ސަރުކާރުގެ ތާއީދާއެކު ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފަައިވަނިކޮށް، މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި ވަނީ މި ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވާފައެެވެ.
އަދި ކޮމިޓީ މަރުހަލާގެ މަސައްކަތްތައް ފަށާފައިވާއިރު، މި ބިލާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން ހާޒިރުކޮށްފައެވެ.
މީޑިއާ ބިލާ ގުޅޭގޮތުން މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާއަށް ބޭނުންތެރި ކަމަށާއި، ހަމައެއާއެކު ނޫސްވެރިން ޒިންމާދާރުވުންވެސް މުހިންމު ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި މީޑިއާ ބިލާ ގުޅޭގޮތުން ހުރިހާ ސިޔާސީ ޕާޓީއެއްގެ ބައްދަލުވުމެއް ބޭއްވުން ބޭނުންތެރި،" ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު