ރާއްޖޭން ބޭރުގެ ގިނަ އެމްބަސީތަކުގައި ތިބެނީ ސިޔާސީ ގޮތުން ރިވޯޑު ދީފައި ތިބޭ މީހުން ކަމަށް ރާއްޖޭގެ މަޝްހޫރު އިގްތިސާދީ މާހިރު، މުހައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ އެމްބަސީތަކާއި ކޮންސިއުލޭޓްތަކާއި، މިޝަންތަކަކީ ރާއްޖެއަށް މުހިންމު ތަންތަން ކަމަށް ވީނަމަވެސް އެ ތަންތަން ބައެއް ސަރުކާރުތަކުން ސިޔާސީ ކަންކަމަށް ބޭނުންކުރާކަމަށް ބުނެ މީޑިއާއަކުން ޝާއިއުކުރި ލިޔުމަކާ ގުޅިގެންނެވެ.
އެ ލިޔުމުގައި އެމްބަސީތަކުގެ ސަބަބުން ރައްޔިތުންނަށް ލިބިފައިވާ ބައެއް ލުއިފަސޭހަތަކަށް އަލިއަޅުވާލައި ބުނީ އެތަންތަން ސިޔާސީ ކަންކަމަށް ބޭނުންކުރުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އަދި އެއީ ސިޔާސީ ފަރާތްތަކަށް ވަޒީފާ ދޭން ހުރި ތަންތަނުގެ ގޮތުގައި ބެލުމަކީ ގޯސްކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.
މިކަމާ ގުޅޭ ގޮތުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ނަސީމް ވިދާޅުވީ ބައެއް އެމްބަސީތައް މުހިންމުކަމުގައި ވީނަމަވެސް އަނެއްބައި އެމްބަސީތަކަކީ ބޭކާރު ތަންތަން ކަމަށެވެ.
"ގިނައީ ސިޔާސީ ގޮތުން ރިވޯޑު ދީފަ 5 އަހަރު އަނބިފިރި, ދަރިންނަށް ކިޔަވާދޭން ނުވަތަ މެޑިކަލްއަށް ވަޒީފާ ދީފަ ފޮނުވާ މީހުން. މީ ސިއްރެއް ނޫން." ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ފާޅުގައި ބުނެފައި ގައުމު ހަލާކު ކުރަނީ ވެރިން ކަމަށާއި، ރައްޔިތުން މި ކަންކަން ހަމަޔަށް އަޅުވަންޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު