ގައުމަށް ލާރިއެއް ވައްދައި އުފެއްދުންތެރިކަން އިތުރުކުރާނެ ގޮތެއް މި ސަރުކާރަށް ނޭނގެނީތޯ އަހައި ރާއްޖޭގެ މަޝްހޫރު އިގްތިސާދީ މާހިރު، މުހައްމަދު ނަސީމް (ނަފާ ނަސީމް) ސުވާލުކުރައްވައިފިއެވެ.
އޭނާ މިހެން ސުވާލުކުރައްވާފައި މިވަނީ މިވަނީ ސަރުކާރުން ފާހަގަކުރާ ކަންކަމަށް އިޝާރާތްކޮށް މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މިއަދު އެކަނިވެސް މިފަދަ ތިން ޕޯސްޓެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުފެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި ފުލުހުންގެ ދުވަހުގެ މުނާސަބަތުގައްޔާއި، ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ 52 ވަނަ އަހަރީ ދުވަހާ ގުޅިގެންނާއި، މާމަ ކާފަ ދުވަހާ ގުޅިގެން ހިއްސާ ކުރެއްވި ޕޯސްޓުތައް ހިމެނެއެވެ.
މިކަމަށް އިޝާރާތްކުރައްވައި އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ނަސީމް ވިދާޅުވީ މި ސަރުކާރަކީ އިހްތިފާލު، ރަސްމިއްޔާތު، ސެލެބްރޭޝަން ސަރުކާރެއް ކަމަށެވެ.
ކޮންމެ ދުވަހަކު ކޮންމެވެސް މުނާސަބަތެއް ފާހަގަކުރުން، ނުވަތަ ބައްދަލުވުންތައް ބޭއްވުން، ނުވަތަ ދަތުރުތަކުގައި އެކި ތަންތަނަށް ޒިޔާރަތްކުރަމުންދާ ދިއުމަށް އިޝާރާތްކުރައްވައި ނަސީމް ވިދާޅުވީ މިއީ އަޖައިބެއްފަދަ ބައިވަރު ހަރަދުތަކެއް ކަމަށެވެ. އޭނާ މިކަންތައް ސިފަކޮށްފައިވަނީ އިސްރާފުތަކެއްގެ ގޮތުގައެވެ.
"ގައުމަށް ލާރިއެއް ވައްދާނެ، ޕްރޮޑަކްޓިވިޓީ އިތުރުވާނެ ކަމެއްކުރަން ނޭނގެނީތަ؟" ނަސީމް ވިދާޅުވިއެވެ.

މި ސަރުކާރަކީ އިހްތިފާލު ރަސްމިއްޔާތު ސެލެބްރޭޝަން ސަރުކާރެއް. ކޮންމެ ދުވަހަކު ކޮންމެވެސް މުނާސަބަތެއް. ބައްދަލުވުންތައް. ދަތުރުތައް. އަޖައިބެއް ފަދަ ބައިވަރު ޚަރަދު. އިސްރާފު. ގައުމަށް ލާރިއެއް ވައްދާނެ، ޕްރޮޑަކްޓިވިޓީ އިތުރުވާނެ ކަމެއްކުރަން ނުއެނގެނީ... ދީ?
— NafaNaseem (@monasibnaseem) September 1, 2025
ކޮންމެ ދުވަހަކު ކޮންމެވެސް މުނާސަބަތެއް ފާހަގަކުރުން، ނުވަތަ ބައްދަލުވުންތައް ބޭއްވުން، ނުވަތަ ދަތުރުތަކުގައި އެކި ތަންތަނަށް ޒިޔާރަތްކުރަމުންދާ ދިއުމަށް އިޝާރާތްކުރައްވައި ނަސީމް ވިދާޅުވީ މިއީ އަޖައިބެއްފަދަ ބައިވަރު ހަރަދުތަކެއް ކަމަށެވެ. އޭނާ މިކަންތައް ސިފަކޮށްފައިވަނީ އިސްރާފުތަކެއްގެ ގޮތުގައެވެ.
"ގައުމަށް ލާރިއެއް ވައްދާނެ، ޕްރޮޑަކްޓިވިޓީ އިތުރުވާނެ ކަމެއްކުރަން ނޭނގެނީތަ؟" ނަސީމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު