ގިނަ ބައެއްގެ ފާޑުކިޔުންތަކާއެކު އެކި ޤައުމުތަކުގައި ތާށިވެފައި ތިބި މީހުން ގެނައުމަށް މޯލްޑިވިއަނުން ބާއްވާ އިވެކުއޭޝަން ފްލައިޓްތަކުގެ އަގުތައް ހެޔޮކޮށްފިއެވެ.
މޯލްޑިވިއަނުން ބުނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ނާދެވި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް އެ އެއަރލައިންނުން ކުރިއަށް އޮތްތަނުގައި ޤައުމުތަކަށް ކުރާ ދަތުރުގެ ޓިކެޓުގެ އަގު މޯލްޑިވްސް އެއަރޕޯޓްސް ކޮމެޕެނީ ލިމިޓެޑްގެ އެހީތެރިކަމާއެކު އަލުން ކަނޑައަޅާފައިވާކަމަށެވެ.
މިގޮތުން މާލެ، ކޮލަމްބޯ ޓިކެޓެއް 220 ޑޮލަރަށް ބަދަލުކޮށްފައިވާއިރު، މާލެ އިން ކޮޗިން އަށް ކުރާ ދަތުރުގެ ޓިކެޓްގެ އަގު ވަނީ 149 ޑޮލަރަށް ހަމަޖައްސާފައެވެ. އަދި މާލެ އިން ޓްރިވެންޑްރަމަށް ކުރާ ދަތުރު ކޮޅަކަށް 199 ޑޮލަރަށް ކުރާއިރު، ކުއަލަލަންޕޫރުން މާލެއަށް ކުރާ ދަތުރުގައި ބޮލަކަށް ނަގާނީ 330 ޑޮލަރެވެ.
މޯލްޑިވިއަނުން ޓިކެޓްގެ އަގުތައް ބަދަލުކޮށްފައި މިވަނީ އެންމެފަހުން އެ އެއަރލައިނުން ބައެއް މަންޒިލްތަކަށް ކުރި ދަތުރުތަކުގެ ޓިކެޓް އަގުބޮޑުކަމަށްބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
މީގެ އިތުރުން މެލޭޝިޔާއާއި އިންޑިއާގެ ޓްރިވެންޑްރަމްގައި ތިބި ދިވެހިން މާލެ ގެނައުމަށް އިތުރު ފްލައިޓްތައް ބާއްވާނެކަންވެސް މޯލްޑިއަނުން ވަނީ ހާމަކޮށްފަފައެވެ. ޓްރިވެންޑްރަމް ދަތުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ. މިދަތުރު ތަކުގައި އެތަންތަނުގައި ތިބި ދިވެހިންނަށް ކެއަރޕެކޭޖް ފޮނުވުމުގެ ފުރުޞަތުވެސް ދަނީ ފަހިކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު