ދައުލަތުގެ މަގާމެއްގައި ހުރެގެން ހަދިޔާ ބަލައިގަތުމަކީ ވެރިންގެ އިތުބާރު ކުޑަވާނެ ކަމެއްކަމަށް އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ފިރާގު މިމޭރުމުން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުންނަށް ހަދިޔާގެ ގޮތުގައި ލައްކައިން ރުފިޔާ ލިބިފައިވާކަން މެންބަރުންގެ މާލީ ބަޔާނުން ވަނީ ހާމަވެފައެވެ.
އެކަމާ ގުޅިގެން މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ފިރާޤު ވިދާޅުވެފައިވަނީ، ދުނިޔޭގެ ގިނަ ގައުމުތަކުގައި ދައުލަތުގެ މަގާމެއްގައި ހުރެގެން ހަދިޔާ ބަލައިގަތުމަކީ ކޮރަޕްޝަންގެ އަމަލެއްގެ ގޮތުގައި ބަލައި، އެއީ ހަރުކަށިކޮށް މަނާކުރެވި އަދަބުލިބޭ ކަމެއް ކަމަށެވެ. އަދި މިފަދަ ގަވާއިދުތައް އެޤައުމު ތަކުގައި އެކުލަވާލާފައިވަނީ ހާމަކަން ބޮޑުކަމާއި، ޖަވާބުދާރީވުމާއި، ވެރިކަން ހިންގުމުގައި އާންމުންގެ އިތުބާރު ކަށަވަރުކުރުމަށް ކަމަށް ފިރާޤު ވިދާޅުވެފައިވެއެވެ.
“އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ނުހައްޤު މުއްސަނދިކަމުގެ ބިލަށް އަމަލުކުރަން ފެށުމުން، ރާއްޖޭގައި މި ޢަމަލު ވަރަށް ބޮޑަށް ކުޑަވެގެންދާނެ.” ފިރާޤު ވިދާޅުވިއެވެ.
ހަމައެއާއެކު، އެ ބިލުގައި ދައުލަތުގެ މުވައްޒަފުން ހިމެނޭގޮތަށް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި، ނުހައްޤު މުއްސަނދިކަން ހުއްޓުވުމަށް ޤާނޫނީ ފިޔަވަޅުތައް އެޅުމަށް މަގުފަހިވެގެން ދާނެކަން ފިރާގު ފާހަގަ ކުރެއްވިއެވެ.
“މި ބިލަކީ، އަޅުގަނޑުމެންގެ އާންމު މުއައްސަސާތަކަށް ނަޒާހަތްތެރިކަމާއި، އަޚްލާޤީ ވެރިކަން ހިންގުމާއި، އިތުބާރު އުފެއްދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް.” ފިރާޤުގެ މެސެޖް ނިންމަވާ ލައްވަމުން ވިދާޅުވެފައިވެއެވެ.
ފިރާޤު މިހެން ވިދާޅުވެފައިވާއިރު ނުހައްގުން ހޯދާ ފައިސާއިން ހުޅުމާލޭން ބިމާއި ފުލެޓް ގަންނަކަމުގެ ހެކި އެބަހުރިކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްވެސް މީގެކުރިން ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކުގައި ހަދިޔާގެ ގޮތުގައި ލިބިފައިވާ ފައިސާއިން ހުޅުމާލޭން ބިމާއި ފްލެޓް ގަނެފައިވާކަމަށް ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު