މަރްޔަމް ނަހްދާ ވަޙީދު   4 ސެޕްޓެމްބަރު 2025 - 15:38
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް މާލީ ބަޔާން ހުށަހަޅަން 15 ދުވަހުގެ ނޯޓިސްއެއް ދީފިއެވެ.

މަޖިލިސް މެންބަރުން މާލީ ބަޔާން ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ މިދިޔަ އޮގަސްޓް މަހުގެ 31 އެވެ. ނަމަވެސް އެ ތާރީހުގެ ފަހަނައަޅައި ދިޔަ އިރުވެސް ފަސް މެންބަރަކު މާލީ ބަޔާން ހުށަނާޅައެވެ.

އެގޮތުން މާލީ ބަޔާން ހުށަނާޅާ ތިއްބެވީ ޕީއެންސީއަށް ނިސްބަތްވާ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އާއި މައްޗަންގޮޅި މެދު ދާއިރާ މެންބަރު އަހުމަދު ޒަމީރާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހީމާއި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހީންގެ އިތުރުން އެމްއެންޕީއަށް ނިސްބަތްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ.

މަޖިލީހުގެ ގަވާއިދުގެ 77 ވަނަ މާއްދާގައިވާ ގޮތުން މާލީ ބަޔާން ހުށަހަޅަން އޮންނަ މުއްދަތުގެ ތެރޭގައި ހުށަނާޅާ މެމްބަރުންނަށް އަޅާ ފުރަތަމަ ފިޔަވަޅަކީ 15 ދުވަހުގެ ފުރުސަތެއް ދިނުމަށްޓަކައި އެކަން ލިޔުމުން އެންގުމެވެ.

އެ މުއްދަތު ހަމަވާއިރު ވެސް މާލީ ބަޔާން ހުށަނާޅާނަމަ މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އެ މެމްބަރެއްގެ ނަން އިއްވައި، ތަޅުމުން ނެރުމަށް އެ މާއްދާއިން ލާޒިމްކުރެއެވެ.

އަދި ނަން އިއްވައިފި ނަމަ އެ މެންބަރަކަށް މަޖިލީހުގެ ޖަލްސާއެއްގައި ދެން ބައިވެރިވެ ވަޑައިގެންނެވޭނީ މާލީ ބަޔާން ހުށަހެޅުއްވުމުންނެވެ. އެއަށް ފަހު މާލީ ބަޔާން ހުށަނާޅާ ހޭދަވާ ކޮންމެ ދުވަހަކަށް، އެ މެންބަރެއްގެ މުސާރައިން ދުވަހަކަށް ޖެހޭވަރު އުނިކުރަން ވެސް ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް