ފުލުހުންގެ ހިދުމަތް
ފުލުހުންގެ ހިދުމަތް
ރިސޯޓެއްގައި މަރުވި ޒުވާނާގެ އޮޓޮޕްސީ ހެދުމަށްފަހު ވަޅުލައިފިއެވެ.

ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ދިވެހި ފިިރިހެނަކު މަރުވެފައިވާ މައްސަލަ ފުލުހަށް ރިޕޯޓް ކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

މަރުވެފައި ވަނީ ކ. ގުރައިދޫ ތަނޑިރަތްމާގެ އަދީލް އަހްމަދުއެވެ.

ތަހުގީގު ޓީމުން ނިންމީ މި މައްސަލާގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލާ މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށެވެ.

މަރުވި ދުވަހުން ފެށިގެން އޮޓޮޕްސީ ހެދުމާއި ހަމައަށް އޭނާގެ ހަށިގަނޑު އޮތީ މޯޗަރީގަ އެވެ.

ރާއްޖޭން ބޭރަށް އަދީލްގެ ހަށިގަނޑު ފޮނުވައިގެން އޮޓޮޕްސީ ހެދުމަށްފަހު ހަށިގަނޑު ރާއްޖެގެނެސް ރޭ ފަތިސް ނަމާދަށްފަހު ވަނީ ވަޅުލާފައެވެ.

އަދީލްގެ މަރާ ގުޅޭ އިތުރު މައުލޫމާތެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު