2 އަހަރު ތެރޭގައި ދަޢުލަތް އިތުރު 38 ބިލިޔަން ރުފިޔާއިން ދަރައިފި ކަމަށާއި، މިއަދު އާފަލެއްގެ އަގަކީ 10 ރުފިޔާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި ޢަލީ ޙުސައިން ވިދާޅުވީ، ޤައުމު ސަލާމަތް ކުރަން ކަމަށްބުނެ އައިމީހުން 2 އަހަރުގެ ތެރޭ 38 ބިލިޔަނަށް ވުރެ މަތިން ދައުލަތް އިތުރަށް ދަރުވާލައިފި ކަމަށާއި، އިސްލާހީ ފިޔަވަޅުތައް ނޭޅި މާލީ ހާލަތު ދަނީ އިހުނަށްވުރެ ގޯސްވަމުން ކަމަށެވެ.
އެގޮތުން ޢަލީ ވިދާޅުވީ، ޑޮލަރުގެ އަގު މިހާރު ހުރީ 20 ރުފިޔާއިން މަތީގައި ކަމަށާއި، އާފަލުގެ އަގު ވެސް ހުރީ 10 ރުފިޔާއިން މަތީގައި ކަމަށެވެ.
“ގައުމު ސަލާމަތް ކުރަން ކަމަށްބުނެ އައިމީހުން 2 އަހަރުގެ ތެރޭގައި 38.1 ބިލިޔަން ރުފިޔާއިން ދައުލަތް އިތުރަށް ދަރުވާލައިފި. އިސްލާހީ ފިޔަވަޅުތަކެއް ނޭޅޭ. ހާލަތު މިދަނީ އިހުނަށްވުރެ ގޯސްވަމުން. ޑޮލަރުގެ އަގު 20 ރުފިޔާއިން މަތީގައި. އާފަލުގެ އަގު 10 ރުފިޔާއިން މަތީގަ.” ޢަލީ ޙުސައިން ވިދާޅުވިއެވެ.
އޭގެއިތުރުން ރާއްޖޭގެ ޙާލަތު އޮތްގޮތް ޢަލީ ސިފަކުރަށްވާފައިވަނީ އިންޑޮނޭޝިއާގެ ސިޔާސީ މަސްރަޙްގައި މިހާރު ހިނގަމުންދާ ކަންތައްތަކާއެވެ.
ޢަލީ މިހެން ވިދާޅުވެފައިވާއިރު، ސަރުކާރު ހަމަ މަގަށް އެޅުވެން ދެން އަންނަ މަހުގެ ތިން ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު