ނަފާ ނަސީމް
ނަފާ ނަސީމް
ތެދުވެރިކަމެއް ބިރުވެރިކަމެއް ނެތް ބަޔަކު މާލީ ބަޔާން ހަދާފައިވަނީ ޖޯކަކަށް ކަމަށް މަޝްހޫރު އިޤްތިޞާދީ މާހިރު މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ. ނަފާ ނަސީމް މިގޮތަށް ވިދާޅުވެފައިވަނީ، އިއްޔެ މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

ނަފާ ނަސީމް މީސް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖުގައި، މާލީ ބަޔާނުން ޙާސިލު ކުރަން ބޭނުންވާ ނަތީޖާ ޙާސިލުވެފައި ނުވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ޤާނޫނަކީ ބަހަނާއަކަށް ހަދައި މާލީ ބަޔާން ޖޯކަކަށް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“މާލީ ބަޔާން ތައާރަފްކުރީ ތެދުވެރިކަމަށް. އެކަމަކު ހަގީގަތަކީ މާލީ ބަޔާނަކީ ޖޯކެއް! ނިޔަތް ނުބައި ތެދުވެރިކަމެއް ބިރުވެތިކަމެއް ނެތް ބައެއް. ގާނޫނަކީ ބަހަނާއެއް. ދީނަކީ އައްޑަނައެއް. ގައުމަކީ ތިޖޫރީއެއް!” ނަފާ ނަސީމް ވިދާޅުވިއެވެ.

ނަސީމް މިހެން ވިދާޅުވެފައިވާއިރު، މިފަހުން ޢާއްމު ކޮށްފައިވާ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކުގައި އޮޅުވާލުންތައް ހުރިކަމަށް ޢާއްމުން ދަނީ ބުނަމުންނެވެ. އަދި މެންބަރުންނަށް ހަދިޔާގެ ގޮތުގައި ލައްކައިން ރުފިޔާ ލިބިފައިވާކަމަށް މާލީ ބަޔާނުގައި ވެއެވެ.

މާލީ ބަޔާންތަކުގައި މަޢުލޫމާތުތަކާއި ގުޅިގެން މީގެކުރިން ނަސީމް ވިދާޅުވެފައިވަނީ، ދަޢުލަތުގެ މުވައްޒަފުންނަށް ހަދިޔާގެ ގޮތުގައި ފުލެޓާއި ޓިކެޓާއި ފައިސާ ދިނުމާއި، ސަރުކާރު މުވައްޒަފުން އެފަދަ ހަދިޔާ ޤަބޫލު ކުރުން ހިމެނެނީ ރިޝްވަތުގެ ތެރޭގައިކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު