ޣައްޒާގެ އުސް އިމާރާތެއް ހަލާކުކޮށްލާފައި-
ޣައްޒާގެ އުސް އިމާރާތެއް ހަލާކުކޮށްލާފައި-
އިސްރާއީލުން ޣައްޒާގެ އުސް އިމާރާތްތަކަށް ދެމުންދާ ހަމަލާތައްް އިތުރުކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ޣައްޒާ ނެތިކޮށްލުމަށްޓަކައި އިސްރާއީލުން ގިނަ ކަންތައްތަކެއް ކުރަމުންދާއިރު އެންމެ ފަހުން އިސްރާއީލުން ވަނީ ޣައްޒާ ސިޓީގައި ހުރި އުސް އިމާރާތްތަކަށް ހަމަލާދީ، އާންމު ރައްޔިތުންނަށް މަޖުބޫރު ކުރުވައިގެން އެތަންތަނުން ނެރެފައެވެ.

އަދި އިސްރާއީލުގެ ސިފައިން ވަނީ ޔޫ.އެން.އާރް.ޑަބްލިއު.އޭގެ އިމާރާތް ކުރިމަތީގައި ހުރި 15 ބުރީގެ ހަމަލާދީފައެވެ. އިމާރާތްތަކުން ނިކުތުމަށް އެތާ ދިރިއުޅޭ ރައްޔިތުންނަށް އިސްރާއީލުން ދިނީ އެންމެ ގަޑިއިރެއް ނުވަތަ ބައި ގަޑިއިރެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި މި އިމާރާތްތަކަކީ ހަމާސްއިން އިސްރާއީލީ ސިފައިންގެ ހަރަކާތްތައް ބެލުމަށް ބޭނުންކުރާ ތަންތަނެވެ. އަދި މި ސަރަހައްދުގައި ގޮވާ ތަކެތި ބަހައްޓާފައި ހުރި ކަމަށާއި، ބިމުގެ އަޑިން ޓަނަލްތައް ކޮނެފައިވާ ކަމަށްވެސް އިސްރާއީލުން ބުނެއެވެ.

ޣައްޒާގެ މީޑިއާ އޮފީހުން ބުނީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 90 އިންސައްތަ އިންފްރާސްޓްރަކްޗަރ ވަނީ ހަލާކުވެފައެވެ. މިއީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން މަޖުބޫރުން ނެރުމަށް ކުރާ ކަމެއް ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ބުނެއެވެ. އަދި އިސްރާއީލުގެ މި ޢަމަލުތަކަކީ ސިވިލިއަނުންނާއި އަސާސީ ވަސީލަތްތަކަށް އަމާޒުކޮށް ހިންގާ ޢުދުވާނީ ޢަމަލުތަކެއް ކަމަށްވެސް ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް