ހަށިގަނޑުގެ ދުޅަހެޔޮކަމަށްޓަކައި އެތައް ކެމިކަލް މާއްދާތަކެއް ބޭނުންވެއެވެ. މިމާއްދާތަކުގެ ތެރެއިން މެގްނީޒިއަމް އަކީ ވަރަށް މުހިންމު އެއްޗެކެވެ. މިއީ ހަށިގަނޑުގެ ގިނަ ބަޔޯކެމިކަލް މަސައްކަތްތަކަށް ބޭނުންވާ މާއްދާއެކެވެ. މެގްނީޒިއަމް ހަށިގަނޑަށް އެކަށީގެންވާ ވަރަށް ލިބުމަކީ، ހަށިގަނޑު ރަނގަޅަށް މަސައްކަތްކުރުމަށްޓަކައި އަދި ގިނަ ބަލިތަކުން ދިފާޢުވުމަށްޓަކައި ވެސް ވަރަށް ބޭނުންތެރި ކަމެކެވެ.
މެގްނީޒިއަމް އަކީ ކަށިތަކުގެ ދުޅަހެޔޮކަމަށްޓަކައި އެންމެ މުހިންމު އެކައްޗެވެ. ހަށިގަނޑުގައި ހުންނަ މެގްނީޒިއަމްގެ ގާތްގަނޑަކަށް 60 އިންސައްތަ ހުންނަނީ ކަށިތަކުގައެވެ. މެގްނީޒިއަމް އަކީ ކެލްސިއަމް ހަށިގަނޑަށް ދަމައިގަތުމަށާއި، ވިޓަމިން ޑީ ހަށިގަނޑަށް ފައިދާހުރި ގޮތަކަށް ބަދަލުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މިއީ ކަށިތައް ވަރުގަދަކޮށް، ކަށިގިރޭ ބަލި (އޮސްޓިއޯޕޮރޯސިސް) ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ. އެހެންކަމުން، މެގްނީޒިއަމް އެކަށީގެންވާ ވަރަށް ލިބުމަކީ ހަށިގަނޑުގެ ކަށިތައް ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެކެވެ.
މަސްތަކާއި ނާރުތަކުގެ މަސައްކަތް ރަނގަޅަށް ހިންގުމަށް ވެސް މެގްނީޒިއަމް ވަރަށް މުހިންމެވެ. މެގްނީޒިއަމް އަކީ މަސްތައް ކޮންޓްރެކްޓްވުމާއި ރިލެކްސްވުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މެގްނީޒިއަމް މަދުވުމުން މަސްގަނޑު 'ކްރޭމްޕު' ވުން ފަދަ ކަންކަން ދިމާވެއެވެ. މަސްތަކާއި ނާރުތަކުގެ މަސައްކަތް ރަނގަޅަށް ހިންގުމަށް ވެސް މެގްނީޒިއަމް ވަރަށް މުހިންމެވެ. މީގެ އިތުރުން، ނާރުތަކުން މެސެޖުތައް ފޮނުވައި، ނާރުތަކުގެ ނިޒާމުގެ ދުޅަހެޔޮކަން ހިފެހެއްޓުމަށް ވެސް މެގްނީޒިއަމް ބޭނުންވެއެވެ. ހަމައެއާއެކު ނާރުތަކުގެ މަސައްކަތްތައް ހަމަޔަކަށް އެޅި، ހިތްހަމަޖެހުން އިތުރުކޮށްދިނުމުގައި ވެސް މެގްނީޒިއަމްގެ ދައުރެއް ވެއެވެ.
މީގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމުގައިވެސް މެގްނީޒިއަމް މުހިންމު ދައުރެއް އަދާކުރެއެވެ. ހަށިގަނޑުގެ ސެލްތަކަށް ބާރުދޭ މައިގަނޑު ހަކަތަ ކަމަށްވާ އެޑިނޯސިން ޓްރައިފޮސްފޭޓް (އޭޓީޕީ) އުފެއްދުމަށް މި މައުދަނުން އެހީވެދެއެވެ. މެގްނީޒިއަމް އެކަށީގެންވާ ވަރަށް ލިބުމުން ވަރުބަލިވުން ކުޑަކޮށް، ހަކަތަ އިތުރުކޮށްދެއެވެ. މީގެ އިތުރުން، ސްޓްރެސް ކުޑަކުރުމަށް ވެސް އެހީވެދެއެވެ.

ކިޔުންތެރިންގެ ހިޔާލު