ބްރެޒިލް އާއި ގުޅިގެން މަސައްކަތް ކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ލުއިސް ލުލާ ޑެ ސިލްވާއަށާއި އެޤައުމުގެ ރައްޔިތުންނަށް ފޮނުއްވަމުންނެވެ.
އެގޮތުން ބްރެޒިލްގެ މިނިވަން ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާވަނީ ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައީސް ލުއިސް ލުލާ ޑެ ސިލްވާއަށާއި ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވާފައެވެ.
ހަމައެއާއެކު ބްރެޒިލްއާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 40 އަހަރުވާން ގާތްވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދެ ޤައުމަށްވެސް ފައިދާ ހުރިކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށެވެ.
ބްރެޒިލްގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މިނިވަން ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންނާއި ބްރެޒިލްއާ އެކު ހަދާފައިވާ “ޔުނައިޓެޑް ކިންގްޑަމް އޮފް ޕޯޗުގަލް، ބްރެޒިލް އެންޑް އަލްގާވެސް” ދައުލަތުން ވަކިވެ، ވަކިދައުލަތެއްގެ ގޮތުގައި ބްރެޒިލް އުފެދި މިނިވަންކަން އިޢުލާންކުރި ދުވަހާ ގުޅުވައިގެންނެވެ.
ރާއްޖެއާއި ބްރެޒިލްއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކުރީ 1988 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު