ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މޮރޮކޯ އަށް ކުރެއްވި ރަސްމީ ދަތުރުގައި އެ ގައުމުން ހަދިޔާކުރި ކާޕެޓް
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މޮރޮކޯ އަށް ކުރެއްވި ރަސްމީ ދަތުރުގައި އެ ގައުމުން ހަދިޔާކުރި ކާޕެޓް
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މޮރޮކޯ އަށް ކުރެއްވި ރަސްމީ ދަތުރުގައި އެ ގައުމުން ހަދިޔާކުރި ކާޕެޓް ގެއަށް ގެންދެވި ކަމަށް ބުނާ މައްސަލާގައި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިމައްސަލަ ބަލާ ތަހުގީގުކުރުމަށްފަހު ނެރެފައިވާ ރިޕޯޓުގައި ވާގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވަނީ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތުރުކީއަށް ކުރެއްވި ދަތުރުފުޅެއްގައި، ތުރުކީގެ ބޮޑުވަޒީރާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި "މޮރޮކަން ރަގެއް" މިނިސްޓަރ ޝާހިދަށް އަރުވާފައިވާކަމަށާއި، އެ ރަގް މިނިސްޓަރ ޝާހިދު ގެއަށް ގެންދަވާފައިވާކަމަށެވެ.

އޭސީސީގެ ރިޕޯޓުގައި ވަނީ، އޭސީސީއިން ކުރި ތަހުގީގުން، މިނިސްޓަރ ޝާހިދު އެހާތަނަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ރަގެއް ލިބިވަޑައިގެންފައިވަނީ މޮރޮކޯއަށް ކުރެއްވި ދަތުރުފުޅެއްގައި ކަމަށާއި، އެލިބިވަޑައިގެންފައިވަނީ މޮރޮކޯގެ ފޮރިން މިނިސްޓަރާއެކު ބޭއްވެވި ބައްދަލުވުމަށްފަހުކަމަށެވެ.

އެ ބައްދަލުވުމަށްފަހު މޮރޮކޯގެ ޕްރޮޓޮކޯލް އޮފިސަރުން މިނިސްޓަރ ޝާހިދުގެ އަރިހުގައި ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި އެ ރަގް ހަވާލުކުރެއްވި ކަމަށާއި، 19 ނޮވެމްބަރު 2019 ވަނަ ދުވަހު ހެނދުނު ރާއްޖޭގެ ވަފުދު މާލެ އައިސް، 8:45 އާއި 9:15 އާއި ދެމެދު އެއަރޕޯޓުން އެރަގް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އަށް ގެނެސް މާލިއްޔަތު ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އިންވެންޓްރީގައި ހިމަނައި، ސްޓޮކް ރޫމްގައި އެބަ އޮތްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިނިސްޓްރީގެ ސީސީޓީވީ ފުޓޭޖް ބެލުމުން އެ ރަގް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ގެނެސް، މިނިސްޓްރީއަށް ވެއްދިފަހުން މިނިސްޓްރީން ބޭރަށް ރަގް ގެންގޮސްފައި ނުވާކަން ހާމަވާކަމަށް އޭސީސީގެ ރިޕޯޓްގައި ވެއެވެ.

ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ، މި މައްސަލައަކީ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރުގައި ވާފަދައިން، ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މައްސަލަ ނިންމާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން