އެޗްއާރުސީއެމަށް އަލަށް އައްޔަނު ކުރެއްވި ބޭފުޅުން
އެޗްއާރުސީއެމަށް އަލަށް އައްޔަނު ކުރެއްވި ބޭފުޅުން
އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް ދެބޭފުޅަކު އައްޔަނު ކުރަށްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ހެނދުނު ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ.

އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަނަށް އައްޔަނު ކުރައްވާފައިވަނީ، މ. ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދް އާއި ސ. ހުޅުދޫ، ސީބްރީޒް އަޙްމަދު މަޤުސޫމް އެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަނުކުރެއްވުމުގެ ކުރިން، ދެ ބޭފުޅުންނަށް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި ދެ މެންބަރުންނާ، އެ މަޤާމަށް އައްޔަނުކުރެއްވި ކަމުގެ ލިޔުން ހަވާލުކުރައްވާފައި ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު