މިސަރުކާރަކީ ދިވެހި ރައްޔިތުންނަށް ފާކުރައްވާފައި އޮތް ކޮވިޑެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވީ، ކޮވިޑުގެ އެންމެ ދަތި ދުވަސްވަރުވެސް އެކަމުގެ އިޙްސާސް ރައްޔިތުންނަށް ވިޔަނުދީ ކުރީސަރުކާރުން ޤައުމު ސަލާމަތް ކޮށްފައިވާކަމަށް ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވުމާ ގުޅިގެން އެކަމަށް ތާޢީދު ކުރަށްވައި މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ޑރ. އިޔާޒް ވިދާޅުވީ، މިސަރުކާރަކީ ދިވެހިރަޢްޔިތުންނަށް ފާކުރައްވާފައި އޮތް ކޮވިޑެއް ކަމަށާއި، ދެން އަންނަ ބަޔަކު ޖެހޭނީ 2020 ގެ ޢާލަމީ ކޮވިޑަށް ވުރެވެސް ފަހަތުން އިޤްތިޞާދީ އަދި މާލީ މަސައްކަތްތައް ފަށަން ކަމަށެވެ.
“އެންމެ ދެރަކަމަކީ ތިމާއަށް ނޭނގޭކަން، ނުވާކަން ޤަބޫލު ނުކުރުން.” ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު، ކުރީގެ މާލީވަޒީރު އަމީރު ވިދާޅުވެފައިވަނީ، 2020 ވަނަ އަހަރު، ކޮވިޑްގެ ދަތިތަކާއެކު 33 އިންސައްތަ ދަށަށް ދިޔަ އިޤްތިސާދު، 2021 ވަނައަހަރު 38 އިންސައްތަ ކުރިއަރައި 2022 ވަނައަހަރު ކުރީކޮޅު އޮތީ ކޮވިޑް އައިއިރު އޮތް އިޤްތިސާދަށް ވުރެ ބޮޑު އިޤްތިސާދަކަށް ބަދަލުކޮށްފައި ކަމަށެވެ.
އަދި ކުރީ ސަރުކާރުން މާލީ އަދި އިގްތިސާދީ ސިޔާސަތު ހިންގީ 2023 ގައި ވެރިކަން ބަދަލުވެގެން ސަރުކާރާ ހަވާލުވާނީ މަކަރުވެރި، ތަންދޮރު ނުދަންނަ ބަޔެއްކަމަށް ބަލައިގެން ނޫން ކަމަށާއި، އެކަން ކުރިއާލާ އެނގޭނަމަ ކުރީ ސަރުކާރުގެ ސިޔާސަތުތައް ބަދަލުވާނެ ކަމަށްވެސް އަމީރު ވަނީ ވިދާޅުވެފައެވެ.

މިސަރުކާރަކީ ދިވެހިރަޢްޔިތުންނަށް ފާކުރައްވާފައި އޮތް ކޮވިޑެއް. އެންމެ ދެރަކަމަކީ ތިމާ އަށް ނޭނގޭކަން، ނުވާކަން ޤަބޫލުނުކުރުން. ދެން އަންނަ ބަޔަކު ޖެހޭނީ 2020 ގެ ޢާލަމީ ކޮވިޑަށްވުރެވެސް ފަހަތުން ފަށަން. https://t.co/uhltFrleT2
— Dr.Mohamed Iyaz (@dr_iyaz) September 8, 2025
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު، ކުރީގެ މާލީވަޒީރު އަމީރު ވިދާޅުވެފައިވަނީ، 2020 ވަނަ އަހަރު، ކޮވިޑްގެ ދަތިތަކާއެކު 33 އިންސައްތަ ދަށަށް ދިޔަ އިޤްތިސާދު، 2021 ވަނައަހަރު 38 އިންސައްތަ ކުރިއަރައި 2022 ވަނައަހަރު ކުރީކޮޅު އޮތީ ކޮވިޑް އައިއިރު އޮތް އިޤްތިސާދަށް ވުރެ ބޮޑު އިޤްތިސާދަކަށް ބަދަލުކޮށްފައި ކަމަށެވެ.
އަދި ކުރީ ސަރުކާރުން މާލީ އަދި އިގްތިސާދީ ސިޔާސަތު ހިންގީ 2023 ގައި ވެރިކަން ބަދަލުވެގެން ސަރުކާރާ ހަވާލުވާނީ މަކަރުވެރި، ތަންދޮރު ނުދަންނަ ބަޔެއްކަމަށް ބަލައިގެން ނޫން ކަމަށާއި، އެކަން ކުރިއާލާ އެނގޭނަމަ ކުރީ ސަރުކާރުގެ ސިޔާސަތުތައް ބަދަލުވާނެ ކަމަށްވެސް އަމީރު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު