މިސަރުކާރުން ހަރުކޮންނަންވާނީ ސައިޒުން ކަމަށް ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީޙް މިހެން ވިދާޅުވެފައި ވަނީ، 20 އަހަރުގެ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން އަންނަ އަހަރުގެ ޖެނުއަރީގައި ލޯންޗު ކުރުމަށް މިސަރުކާރުން މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
މި ސަރުކާރުގެ މާސްޓަރ ޕްލޭނަށް ފާޑު ވިދާޅުވަމުން މަލީޙް ވިދާޅުވީ، ޑޮލަރުގެ ރޭޓް 20 ރުފިޔާއިން ތިރިޔަށް ނުގެނެވުނު ބަޔަކަށް 20 އަހަރުގެ މާސްޓަ ޕްލޭނެއް އެކުލަވާލާަން ނޭގޭނެ ކަމަށެވެ.
“އިޤްތިޞާދު ހަމަޔަކަށް އަޅުވާކަށް ނޭގުނު. 2045ގެ ވާހަކަ ނުދައްކާ ކުރިޔަށް އޮތް ދެއަހަރު ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބައްލަވާ. ހަރުކޮންނަންވާނީ ސައިޒުން.” މަލީޙް ވިދާޅުވެފައިވެއެވެ.
މިސަރުކާރުން އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ މާސްޓަރ ޕްލޭނަށް މަލީޙް ފާޑު ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް 20 އަހަރަށް ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމަށް ކުރާ މަސައްކަތުގައި ބައިވެރިނުވާން، އިދިކޮޅު އެމްޑީޕީންވެސް ވަނީ ނިންމާފައެވެ.
އެމްޑީޕީން އެގޮތަށް ނިންމިއިރު ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްކުރާ ޓީމުން، އާންމުންގެ ޚިޔާލު ހޯދުމަށް މިހާރު ވަނީ ރަށްރަށައް ދަތުރުތައް ފަށާފައެވެ. އަދި "ވިލުންތެރި ރާއްޖެ 2045" ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ވަނީ ދިވެހި ކޮންސަލްޓަންސީ ކުންފުންޏެއް ކަމުގައިވާ ނެކްސިއާ މޯލްޑިވްސްއާ ހަވާލުކޮށްފައެވެ.
ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު