ކުރީގެ ރައީސުންނާއި ކުރީގެ މަޖިލީސް މެންބަރުންގެ އިނާޔަތްތައް ކުޑަކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށައަޅުއްވައިފިއެވެ.
ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް މުޢިއްޒު މިއަދު ވިދާޅުވެފައިވަނީ، ކުރީގެ މަޖިލީސް މެންބަރުންނާއި ކުރީގެ ރައީސުންނަށް ދެމުންދާ އިނާޔަތްތައް މަދުކުރަން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
އަދި އެއީ ރައްޔިތުން އެދޭގޮތް ކަމަށާއި، އިންތިޚާބީ މަޤާމުތަކުގައި ތިއްބަވަނީ ރައްޔިތުންގެ މަންދޫބުން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ ހުށަހެޅުއްވުމަށް ދެކޮޅު ހެއްދެވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގާއި، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އަދި ބައެއް މެންބަރުންވަނީ ކުރީގެ ފަނޑިޔާރުންނާއި ސަލާމަތީ ޚިދުމަތްތަކުން ރިޓަޔަރ ކުރަށްވާ ބޭފުޅުންނަށް ކުރާ ހޭދަވެސް ކުޑަކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ރައީސް މިފަދަ ވިސްނެވުމެއް ޙިއްސާ ކުރަށްވާފައިވާއިރު ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި ޚަރަދު ކުޑަކުރުމަށް ޚާއްސަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު