މަޙްލޫފް ރައީސް މުޢިއްޒާއެކު
މަޙްލޫފް ރައީސް މުޢިއްޒާއެކު
ސަރުކާރުގެ އިސް މަގާމަކަށް ހަވާލުވުމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އިދިކޮޅު އެމްޑީޕީން ވަކިވެއްޖެއެވެ.

އެމްޑީޕީން ވަކިވުމަށްއެދި އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ފޮނުއްވި ސިޓީގައި މަހްލޫފު ވިދާޅުވީ އެމްޑީޕީން ވަކިވަނީ ދައުލަތުގެ މަގާމެއްގައި ހިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބުމުން ކަމަށެވެ.

“2015 ވަނަ އަހަރުން ފެށިގެން ތިޔަ ބޭފުޅުންނާއެކު ހިދުމަތް ކުރުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރު ދަންނަވަން. ވަކިން ހާއްސަކޮށް ރައީސް ޞާލިޙް ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން އެމަނިކުފާނުގެ ކެބިނެޓުގައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީތީ ޝުކުރު އަދާކޮށް، އުފާ ކުރަން.” މަހްލޫފް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު މަޙްލޫފް ވަނީ، އެމްޑީޕީން ވަކިވާން އޭނާ ނިންމުމުން އެކަމާމެދު ހިތްހަމަނުޖެހޭ އެއްވެސް މެންބަރަކު ވާނަމަ އެކަމަށްޓަކައި މައާފަށްވެސް އެދިފައެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިވެހި ރައްޔިތުންގެ ޕާޓީން ސިޔާސީ މަސައްކަތް ފެއްޓެވި މަޙްލޫފް ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގައިވެސް އިސްކޮށް މަސައްކަތް ކުރަށްވާފައެވެ.

އަދި މަހްލޫފް އެމްޑީޕީއަށް ސޮއިކުރެއްވީ 2018 ގެ ރިޔާސީ އިންތިހާބަށްފަހު އިންތިގާލީ މަރުހަލާގައެވެ. އޭނާވަނީ އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރުގެ މަގާމު އަދާކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު