މޯލްޑިވިއަންގެެ އެންމެ ފުރަތަމ އެއަރބަސް
މޯލްޑިވިއަންގެެ އެންމެ ފުރަތަމ އެއަރބަސް
މެލޭޝިއާ އިން 200 ދިވެހިން ރާއްޖެ ގެނަސް ކަރަންޓީންކޮށްފި އެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖެ ނާދެވި ތާށިވެފައި ތިބި ދިވެހިން ގެނައުމަށް ރޭ ބޭއްވި މޯލްޑިވިއަންގެ ފްލައިޓުގައި މި މީހުން ރާއްޖެ ގެނެސްފައި ވަނީ ރޭ ފަތިހު، 4:20 ހާއިރެވެ. ސަރުކާރުން ގާއިމުކޮށްފައިވާ އެކި ކަރަންޓީނު ފެސިލިޓީގައި މި މީހުން މިހާރު ވަނީ ކަރަންޓީންކޮށްފަ އެވެ.

މެލޭޝިއާގައި އުޅޭ ދިވެހިން ގެނައުމަށް އެގައުމުގެ ސަރުކާރުން ދިން ހުއްދައާއެކު ރާއްޖެއަށް އެކި ބޭނުންތަކަށް އައިސް އުޅުނު މެލޭޝިއާގެ 30 ރައްޔިތަކު މޯލްޑިވިއަންގެ ފްލައިޓުގައި ވަނީ ގައުމަށް ގެންގޮސްދީފަ އެވެ.

މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ދިރިއުޅޭ ދިވެހިން ގެނައުމަށް މޯލްޑިވިއަނުން މި ކުރި ދަތުރަކީ، އެ އެއަރލައިނުން އެ މަންޒިލަށް ކުރި ފުރަތަމަ ދަތުރެވެ. މޯލްޑިވިއަނުން ވަނީ ލަންކާގައި ނާދެވިފައި ތިބި 100 ދިވެއްސަކު ވެސް ރާއްޖެ ގެނެސްފަ އެވެ. ލަންކާއަކީ ވެސް މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލެއް ނޫން ކަމުން، މި ދަނޑިވަޅުގައި އެމީހުން ގެންނަން އެ ގައުމުތަކުގެ ވައިގެ ބަނދަރުތަކަށް ދަތުރުކުރަނީ ޚާއްޞަ ހުއްދައެއް ހޯދައިގެންނެވެ.

މޯލްޑިވިއަނުން އިތުރު މަންޒިލްތަކަށް އުދުހެމުން ދާއިރު، އެ ފްލައިޓްތަކުން ޖާގަ ހޯދުމުގައި ދަތިތަކެއް ހުރިކަމަށްބުނެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންވެ. އަދި އެންމެ ހާލުގައި ޖެހި ޤައުމަށް ކޮންމެހެން އަންނަން ޖެހިފައި ތިބި މީހުންނަށް މި ފްލައިޓް ތަކުން ފުރުސަތު ނުލިބޭ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާކުރަމުން ގެންދާކަންވެސް ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން