މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ސީއީއޯކަމުން އާމިނަތު ސޫޒަން އިސްތިއުފާ ދެއްވައިފިއެވެ.
މަޓާޓޯގެ ސީއީއޯއަކަށް ސޫޒަން އައްޔަނުކުރީ 27 ޖެނުއަރީ، 2024 ގައެވެ.
ސޫޒަން ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ، ބްރޭކެއް ނަގަން ވަރަށް ބޮޑަށް ބޭނުންވާތީ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް އަމިއްލަ ޕްރޮޖެކްޓުތަކަށް އިސްކަން ދިނުމަށް ބޭނުންވާތީ އިސްތިއުފާދެއްވީ ކަމަށް އޭނާގެ އިސްތިއުފާ ސިޓީގައި ވެއެވެ.
އިސްތިއުފާ ދެއްވަމުން ސޫޒަން ވަނީ މަޓާޓޯއަށް ޚިދުމަތް ކުރުމަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވައި، ކުންފުނީގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ދެއްވި އެހީތެރިކަން ސޫޒަން ފާހަގަކުރެއްވިއެވެ.
ސޫޒަންގެ އިސްތިއުފާއާ ގުޅިގެން މަޓާޓޯއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އޭނާގެ ލީޑަޝިޕްގެ ދަށުން އެ ކުންފުންޏަށް ގިނަ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެ ކުންފުނިން ފާހަގަކުރި ބައެއް ކަންކަމުގެ ތެރޭގައި، މަޓާޓޯގެ އައު ލޯގޯއާއި ވެބްސައިޓާއި ރޯދަ ކުއިޒް ހިމެނެއެވެ.
ހަމައެއާއެކު ސޫޒަންގެ ބުރަ މަސައްކަތުން ސިނާއަތުގައި މަޓާޓޯގެ ދައުރު ވަރުގަދަވެ، ކުރިއަށް އޮތް އަހަރުތަކަށް ވަރުގަދަ ބިންގަލެއް އެޅުނުކަން މަޓާޓޯއިން ފާހަގަކުރިއެވެ. އަދި އެ ކުންފުނިން ވަނީ، ސޫޒަންގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު