ނޫސްވެރިން ގަދަކަމުން ކޮމެޓީ ރޫމުން ބޭރުކޮށް މީޑިއާ ބިލުގެ ދިރާސާ ކުރިއަށް ގެންދަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ސަރުކާރު ފަހަތުގައި އޮވެގެން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށައެޅި މީޑިއާ ކޮންޓްރޯލް ބިލާމެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓް އެސޯސިއޭޝަނާއި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިބިލުގެ ކޮމެޓީ މަރުޙަލާ އިއްޔެ ސިއްރު ކޮށްފައިވާއިރު މިއަދުވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ނިންމީ ބައްދަލުވުން ސިއްރު ކުރުމަށެވެ. އެހެންކަމުން ބައްދަލުވުން ސިއްރުކުރަން ނިންމީ މަޖިލީހުގެ ޤަވައިދުގެ ކޮން މާއްދާއަކާ ހަވާލާދީތޯ ނޫސްވެރިން ސުވާލުކުރުމުން ޖަވާބެއް ދިނުމެއްނެތި، އެވަގުތު ކޮމެޓީގައި ތިބި ނޫސްވެރިން ގަދަކަމުން ވަނީ ކޮމެޓީ ރޫމުން ނެރެފައެވެ.
މީޑިއާ ބިލު ދިރާސާކުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ސިއްރުކޮށްގެން ދިރާސާކުރަނީ ދައުލަތުގެ މުއައްސަސާތަކުން ފޮނުވާފައިވާ ހިޔާލުތަކެވެ. ކޮމިޓީގައި އިންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ވިދާޅުވީ ކޮމިޓީގައި މިއަދު ކުރިއަށް ގެންދަނީ، އެޓާނީ ޖެނެރަލް އުޝާމް ފޮނުއްވި ހިޔާލުތަކާއި އެނޫންވެސް އެހެން މުއައްސަސާތަކުން ފޮނުވި ހިޔާލުތައް ކަމަށެވެ.
މީޑިއާ ކޮންޓްރޯލް ކުރުމުގެ ބާރު ސަރުކާރަށް ލިބޭގޮތަށް މަޖިލީހަށް މިހާރު ހުށައަޅާފައިވާ ބިލާމެދު މަޝްވަރާ ކުރަންޖެހޭ ކަމެއް ނެތް ކަމަށާއި އެބިލް ޖެހޭނީ އަނބުރާ ގެންދަން ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ބައެއް ނޫސްވެރިންވެސް ވިދާޅުވެފައިވެއެވެ.
އެ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭނެ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެއެވެ. ހަމައެހެންމެ، މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއިން ފެށިގެން 25،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މީޑިއާ ވަސީލަތްތަކަށް 100،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
އޭގެއިތުރުން، މައްސަލައެއް ބަލައި ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުމާއި، ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުން ދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރުވެސް ކޮމިޝަނަށް ލިބޭނެއެވެ.
ބިލު ދިރާސާކުރާ ކޮމެޓީން ނިންމާފައިވަނީ މީޑިއާ ކޮންޓްރޯލް ކުރާ ބިލު މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމުމަށެވެ.

PNC-majority committee votes to hold media control bill meetings in-camera again, forcibly removing all journalists present in the room. #ctrlbillbeyrukurey pic.twitter.com/eGuR27bCM2
— Meekail Naseem (@MickailNaseem) September 10, 2025
މީޑިއާ ބިލު ދިރާސާކުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ސިއްރުކޮށްގެން ދިރާސާކުރަނީ ދައުލަތުގެ މުއައްސަސާތަކުން ފޮނުވާފައިވާ ހިޔާލުތަކެވެ. ކޮމިޓީގައި އިންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ވިދާޅުވީ ކޮމިޓީގައި މިއަދު ކުރިއަށް ގެންދަނީ، އެޓާނީ ޖެނެރަލް އުޝާމް ފޮނުއްވި ހިޔާލުތަކާއި އެނޫންވެސް އެހެން މުއައްސަސާތަކުން ފޮނުވި ހިޔާލުތައް ކަމަށެވެ.
Miadhu committee sirru kuree gavidhaa hilaafah: @MickailNaseem #CtrlBillBeyrukurey pic.twitter.com/5S6URsNIZU
— Muzayyin Nazim (@tedmaldives) September 10, 2025
މީޑިއާ ކޮންޓްރޯލް ކުރުމުގެ ބާރު ސަރުކާރަށް ލިބޭގޮތަށް މަޖިލީހަށް މިހާރު ހުށައަޅާފައިވާ ބިލާމެދު މަޝްވަރާ ކުރަންޖެހޭ ކަމެއް ނެތް ކަމަށާއި އެބިލް ޖެހޭނީ އަނބުރާ ގެންދަން ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ބައެއް ނޫސްވެރިންވެސް ވިދާޅުވެފައިވެއެވެ.
އެ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭނެ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެއެވެ. ހަމައެހެންމެ، މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއިން ފެށިގެން 25،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މީޑިއާ ވަސީލަތްތަކަށް 100،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
އޭގެއިތުރުން، މައްސަލައެއް ބަލައި ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުމާއި، ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުން ދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރުވެސް ކޮމިޝަނަށް ލިބޭނެއެވެ.
ބިލު ދިރާސާކުރާ ކޮމެޓީން ނިންމާފައިވަނީ މީޑިއާ ކޮންޓްރޯލް ކުރާ ބިލު މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމުމަށެވެ.
ކިޔުންތެރިންގެ ހިޔާލު