މީޑިއާ ރެގިއުލޭޓު ކުރުމަށް ބާއްވާ ކޮމިޓީ ބައްދަލުވުންތައް ނޫސްވެރިންނަށް ސިއްރުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވެފައި ވަނީ މީޑިއާ ރެގިއުލޭޓުކުރުމުގެ ބިލު ދިރާސާ ކުރުމަށް މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުން އަޑުއަހަން ދިޔަ ނޫސްވެރިން ބާރުގެ ބޭނުންކޮށްގެން އެތަނުން ނެރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލުގެ ނަމުގައި މަޖިލީހަށް ހުށައަޅާފައިވާ ބިލުގެ ބޭނުމަކީ ސޯޝަލް މީޑިއާ ހިމެނޭހެން މިނިވަން މީޑިޔާ ހުއްޓުވާލައި، މިނިވަން ކަމާއިއެކު ޚިޔާލު ފާޅު ކުރުމުގެ ޙައްޤައް ނިމުން ގެނައުން ކަމަށެވެ.
އެކަމުގެ އެންމެ ސާފު ހެެއްކަކީ މިބިލާއި މެދު މި ސަރުކާރުގެ ފުލް މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އަމަލުކުރަމުން އަންނަ ގޮތް ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ކުރަމުން ގެންދަނީ ނޫސްވެރިންނާ ސީދާ ގުޅުން ހުރި ކަމެއް ކަމަށެވެ. އަދި އެބިލުގައި ހުރި މާއްދާތަކާމެދު ނޫސްވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް ހުރިކަން ހުރިހާ ނޫސްވެރީންނާއި މީޑިއާތަކާއި މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކުގެ ވާހަކަތަކުން ސާފުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މީޑިޔާ ރެގިލޭޓު ބިލާއި މެދު ރައްޔިތުން ދެކޭ ގޮތް އެނގުމުގެ ހައްގު އެންމެ ބޮޑީ އެ ބިލު ރައްދުވާ ފަރާތް ކަމަށްވާ ނޫސްވެރިންނަށް ކަމަށެވެ. އެހެންކަމުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ނޫސްވެރިންނަށް ސިއްރު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ.
"ނޫސްވެރިންނަށް ތިޔަ ކުރާ ގޯނާތަކާއި އަނިޔާތައް ފެންނަ ހިސާބުގަ ރައްޔިތުން އެބަތިބި. މިއަދު ގަދަކަމުން ނެރެ ތިޔަ އެއްލާލެވެނީ ރައްޔިތުންގެ އަޑު. ތިޔަ އަނިޔާ ކުރެވެނީ ރައްޔިތުންގެ ވާހަކަތަކާއި ޝަކުވާތައް ސަރުކާރާއި ހަމަޔަށް ފޯރުކޮއްދޭން ތިބި ހާދިމުންނަށް. ތިޔަ އަރައިގަނެވެނީ ދިވެހި ކޮންމެ ދިވެހި ރައްޔިތެއްގެ މިނިވަން ކަމުގެ ހައްގަށް." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވަނީ ދިވެހި ރައްޔިތުންގެ ހައްގުގައި ދިވެހި ނޫސްވެރިން ކޮއްދެއްވަމުން ގެންދަވާ އިޚްލާސްތެރި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކޮންމެ ކަމަކީ ޖިހާދެއްކަމަށް ފާހަގަކުރައްވައި އޭނާ ވަނީ ނޫސްވެރިންގެ ހިތްވަރަށް ސާބަސް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު