ޖާސޫސުން ހައްޔަރުކުރުމަށް އީރާނުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން-
ޖާސޫސުން ހައްޔަރުކުރުމަށް އީރާނުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން-
އިސްރާއީލަށް ޖާސޫސް ކޮށްދިން 4 މީހަކަށް އީރާނުން މަރުގެ ހުކުމް އިއްވައިފިއެވެ.

އީރާނުން މަރުގެ ހުކުމް އިއްވާފައި ވަނީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުގެ ޖާސޫސީ އިދާރާއާ ގުޅިގެން އީރާނުގެ ސިއްރު މައުލޫމާތު ހިއްސާކުރި ހަތަރު ފަރާތެއްގެ މައްޗަށެވެ.

އީރާނުގެ ހުޅަނގު އަޒަރުބައިޖާން ޕްރޮވިންސްގެ ޗީފް ޖަސްޓިސް ނާސިރު އަތާބާތީ ނެރުނު ބަޔާނެއްގައި ވިދާޅުވީ އީރާނުގެ ނާޒުކު މަރުކަޒުތަކުގެ ފޮޓޯއާއި ވީޑިއޯ، އިސްރާއީލުގެ ޖާސޫސީ އޮފިޝަލުންނަށް ފޯރުކޮށްދިނުމުގެ ކުށް ހަތަރު މީހެއްގެ މައްޗަށް ސާބިތުވެފައިވާ ކަމަށެވެ.

އެ މީހުންގެ މައްޗަށް އުފުލާފައި ވަނީ މޮސާޑުގެ އެޖެންޓުންނާއެކު އިމަޖެންސީ ކޮންފަރެންސް ކޯލްތަކަށް ހާއްސަ ފޯނުތަކެއް ގަތުމުގެ އިތުރުން އީރާނުގެ ވެރިރަށް ތެހެރާންގެ އިތުރުން އުރްމިއާ، ޝަހުރޫދު އަދި އިސްފާހާން ފަދަ ސިޓީތަކުގައި ގޮއްވުންތައް ގޮއްވާ އަލިފާން ރޯކުރުމުގެ ދައުވާއެވެ.

މޮސާޑަށް ޖާސޫސުކޮށްދީގެން، އެފަރާތްތަކުން ވަނީ އޭގެ ބަދަލުގެ ގޮތުގައި ކްރިޕްޓޯކަރަންސީ ހޯދާފައެވެ.

ދުޝްމަނުންގެ އެޖެންޑާ ކުރިއަރުވަން މަސައްކަތް ކުރާ ކޮންމެ މީހަކާ މެދު އީރާނުގެ ޝަރުއީ ދާއިރާއިން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޗީފް ޖަސްޓިސް އަތާބާތީ ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް