ފުލުހުން ހައްޔަރުކުރި ސައްދާމް
ފުލުހުން ހައްޔަރުކުރި ސައްދާމް
ޤަވާއިދާ ޚިލާފަށް ސިނގިރޭޓު ވިއްކާކަމުގެ ތުހުމަތުގައި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އެމްޑީ ސައްދާމް ހުސެންއެވެ.

ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި ހުޅުމާލެ ފޭސް 1، ކަންނެލި ޖެޓީ ކައިރީގައި ހުރި މީހެއްގެ އަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން އޭނާ ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން އެމީހާ އާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރި 53،000 އަށްވުރެ ގިން ދިވެހި ރުފިޔާ އާއި ގިނަ އަދަދެއްގެ ސިނގިރޭޓު ފޮއްޓާއި ދުންފަތާއި ސިނގިރޭޓު ފިލްޓަރު އަދި ރިޒްލާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެތަކެތީގެ އިތުރުން ސިނގިރޭޓު އަނބުރަން ބޭނުންކުރާ ފޮއްޓެއް ފެނިފައިވާކަން ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލާގައި އޭނާ ގަވާއިދާ ހިލާފަށް ސިނގިރޭޓު ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު