ނޫސްވެރިކަމުގެ ތާޖު އަޅައިގެންތިބީ އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ކަމަށް ސިފަ ކުރަށްވައި ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް މީސް މީޑިއާގައި ނޫސްވެރިންނަށް ފާޑު ވިދާޅުވެއްޖެއެވެ.
މީޑިއާ ކޮންޓްރޯލް ކުރާ ބިލުގެ ސަބަބުން ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ދަތިތަކެއް ދިމާވާނެ ކަމަށް ބުނެ ދައުރުވަމުންދާ މެސެޖުތަކަށް ރައްދު ދެއްވަމުން ފަލާޙް މިއަދު ވިދާޅުވެފައިވަނީ އެކަމުގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ. އަދި އެ ވާހަކަ ތަކަކީ ނޫސްވެރިކަމުގެ ތާޖު އަޅައިގެން ތިބި އެމްޑީޕީގެ އެކްޓިވިސްޓުން ފަތުރާ ދޮގު ވާހަކަ ތަކެއް ކަމަށް ފަލާޙް ވިދާޅުވިއެވެ.
ފަލާޙް ވަނީ ރައްޔިތުންނާއި ޒުވާނުން ގަދައަށް ސޯޝަލް މީޑިއާ ބޭނުން ކުރަންވީ ކަމަށާއި، ބިލުގެ ސަބަބުން ސޯޝަލްމީޑިއާ އެކައުންޓްތައް ބަންދުވާނެ ފުރުސަތު ނެތް ކަމަށްވެސް ވިދާޅުވެފައެވެ.
“ނޫސްވެރިކަމުގެ ތާޖު އަޅައިގެން ތިބި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއްގެ މަޅީގައި ތިޔަ ޒުވާނުން ޖެހިވަޑައި ނުގަންނަވާނެކަން އަޅުގަނޑަށް ޔަޤީން!” ފަލާޙް ވިދާޅުވިއެވެ.
ހަމައެއާއެކު ފަލާޙް ވަނީ، އެމްޑީޕީގެ ސިޔާސީ ހަރަކާތް މިހާރު ބައްޓަންކޮށް ކުރިއަށް ގެންދަން ޕްލޭންކޮށްފައި ވަނީ 2008 ގައި ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރި ހީލަތްތެރި މަގުން ކަމަށްވެސް ވިދާޅުވެފައެވެ.
އަދި މިދިޔަ ވެރިކަމުގައި އެމްޑީޕީގެ ނުފޫޒުގަދަ ފަރާތްތަކުން ކޮށްފައިވާ ވައްކަންތަކުގެ މައްސަލަތައް ކަމާގުޅުންހުރި ފަރާތްތަކުން ބަލަންފަށައިފިކަން އެނގުނު ހިސާބުން އެމްޑީޕީން ދަނީ ތެޅިފޮޅެމުން ކަމަށް ފަލާޙް ތުހުމަތު ކުރަށްވާފައިވެއެވެ.
“ލޮބުވެތި ޒުވާނުން ތީމި ޤައުމުގެ މުސްތަޤުބަލް. ކިޔަވައިގެން ތިއްބެވި ވިސްނުންތެރި ޒުވާން ޖީލެއްތީ!” ފަލާޙް ވިދާޅުވިއެވެ.
ފަލާޙް ވަނީ، މިއީ އެމްޑީޕީގެ މަކަރުވެރިކަން ރައްޔިތުން ހަނދާންކުރަންޖެހޭ ވަގުތެއް ކަމަށްވެސް ވިދާޅުވެފައެވެ.
ފަލާޙް މިހެން ވިދާޅުވެފައިވާއިރު ނޫސްވެރިން އުލުބައިންދަން ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް ގޮވާލި މައްސަލަ ޖަރނަލިސްޓް އެސޯސިއޭޝަނުން މިހާރުވަނީ ފުލުހުންނަށް ހުށައަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު