ސަރުކާރުން ފަހަތުގައި އޮވެގެން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު މަޖިލީހުން ފާސްވި ނަމަވެސް މީސް މީޑިއާ އެކައުންޓްތައް ބަންދު ނުވާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ފަލާޙް ވިދާޅުވީ، މީޑިއާ ބިލުގައި ސޯޝަލް މީޑިއާތައް ރެގިއުލޭޓްކޮށް، ފޭސްބުކް، ޓިކްޓޮކް އަދި ޓްވިޓަރ ފަދަ އެކައުންޓްތައް ބަންދުކުރެވޭނެ އެއްވެސް މާއްދާއެއް ހިމެނިފައެއް ނުވާ ކަމަށެވެ.
އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ޒުވާނުންނާއި ރައްޔިތުންގެ މުސްތަޤުބަލް އުޖާލާކޮށް ރައްކާތެރިކޮށްދޭނެ ހެޔޮލަފާ ވެރިއެއްކަމުގެ 100 އިންސައްތަ ޔަޤީންކަން އޮތް ބޭފުޅެއް ކަމަށެވެ.
“ތިޔަ ލޮބުވެތި ޒުވާނުން އަދި ރައްޔިތުން ގަދައަށް ހަމަ ސޯޝަލް މީޑިއާ ބޭނުން ކުރައްވާ” ފަލާޙް ވިދާޅުވިއެވެ.
ހަމައެއާއެކު ފަލާޙް ވަނީ މިދިޔަ ވެރިކަމުގައި އެމްޑީޕީގެ ނުފޫޒުގަދަ ފަރާތްތަކުން ކޮށްފައިވާ ވައްކަންތަކުގެ މައްސަލަތައް ބެލެން ފެށުމާ ގުޅިގެން އެކި ކަންތައް މަތިކޮށް މިހާރު ދަނީ މުޒާހަރާތަކަށް ގޮވާލަމުން ކަމަށެވެ.
ފަލާޙް މިހެން ވިދާޅުވެފައިވާއިރު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މީޑިއާ ބިލަށް ހުށަހަޅާފައިވާ އިސްލާހުތައް ރައްޔިތުންގެ މަޖިލިހުން ފާސްވެއްޖެ ނަމަ ހުރިހާ ކަމަކަށް ހައްލު ލިބި، ނޫސްވެރިކަން ރެގިއުލޭޓް ކޮށްގެން ކުރިއަށް ދެވޭނެ ކަމަށް ބަންޑާރަނައިބު އުޝާމްވެސް ވަނީ ވިދާޅުވެފައެވެ.

ލޮބުވެތި ޒުވާނުން އަދި ރައްޔިތުން
— Ibrahim Falah (@IbrahimFalahR) September 13, 2025
މިހާރު ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެމްބަރ ޢަބްދުލް ހަންނާން.
ހުށައަޅާފައިވާ މީޑިއާ ބިލުގައި. ސޯޝަލް މީޑިއާތައް ރެގިއުލޭޓްކޮށް. ފޭސްބްކާއި ޓިކްޓޮކް އަދި ޓްވިޓަރ އެކައުންޓްތައް. މިބިލް ރައްޔިތުންގެ މަޖިލީހުން
މިސާލަކަށް ފާސްވިއަސް…
ހަމައެއާއެކު ފަލާޙް ވަނީ މިދިޔަ ވެރިކަމުގައި އެމްޑީޕީގެ ނުފޫޒުގަދަ ފަރާތްތަކުން ކޮށްފައިވާ ވައްކަންތަކުގެ މައްސަލަތައް ބެލެން ފެށުމާ ގުޅިގެން އެކި ކަންތައް މަތިކޮށް މިހާރު ދަނީ މުޒާހަރާތަކަށް ގޮވާލަމުން ކަމަށެވެ.
ފަލާޙް މިހެން ވިދާޅުވެފައިވާއިރު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މީޑިއާ ބިލަށް ހުށަހަޅާފައިވާ އިސްލާހުތައް ރައްޔިތުންގެ މަޖިލިހުން ފާސްވެއްޖެ ނަމަ ހުރިހާ ކަމަކަށް ހައްލު ލިބި، ނޫސްވެރިކަން ރެގިއުލޭޓް ކޮށްގެން ކުރިއަށް ދެވޭނެ ކަމަށް ބަންޑާރަނައިބު އުޝާމްވެސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު