ސަރުކާރުން ކުޅޭހާ ޗަރުކޭހަކަށް ނުބަލައި ޤައުމު ސަލާމަތްކުރަން ތެދުވުމަށް މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް) ހިތްވަރު ދެއްވައިފިއެވެ.
ނަސީމް މިހެން ވިދާޅުވީ، ސަރުކާރުން ފަހަތުގައި އޮވެގެން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު މަޖިލީހުން ފާސްކުރާނެ ކަމަށް އިޝާރާތް ކުރަށްވައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ނަސީމް ވިދާޅުވީ، މިގައުމަކީ ޒުވާން ނޫސްވެރިންގެވެސް ގައުމު ކަމަށާއި، ގައުމުގެ ވެރިންނާއި ސަރުކާރުތަކުން ހިންގާ ޖަރީމާތަކާއި ކުރާ ނުބައިކަންތަކަށް ނުގަބޫލުވެ ކެރިގެން ފާޑުކިޔަން ޖެހޭ ކަމަށެވެ.
“ރަނގަޅު ކުރެވޭނެ. ބިރުދެއްކިޔަސް ޖަލަށްލިޔަސް! ދޮގާ މަކަރާ ރިޝްވަތުގެ ލައިފަކަށްވުރެ ތެދުވެރި ހެޔޮލަފާ ލައިފެއް މާރަނގަޅުވާނެ.” ނަސީމް ވިދާޅުވިއެވެ.
ހަމައެއާއެކު ނަސީމް ވިދާޅުވީ، ފިރުއައުނުވެސް ވެރިކަން ގެއްލިދާނެތީ ބަނީ އިސްރާއީލުންގެ ފިރިހެންކުދިންވެސް މެރި ކަމަށެވެ.
“ބިލް ފާސްކުރާނެ. މަހުވައިބިއްލާހި! އެގޮތްރަނގަޅީ ވެސް! ވެރިކަމުގެ ލައްޒަތުގައި ވަރަށް ޗަރުކޭސްކުޅޭނެ. ތިޔަކުދިންނާ މިގައުމު އޮންނާނެ. ޖެހިލުމެއް ވެސް ވާނެކަމެއްނެތް.” މީޑިޔާ ބިލާއި ދެކޮޅަށް ތެދުވުމަށް ހިތްވަރު ދެއްވަމުން ނަސީމް ވިދާޅުވިއެވެ.
ނަސީމް މިހެން ވިދާޅުވެފައިވާއިރު، މީޑިއާ ކޮންޓްރޯލް ބިލާ ގުޅޭ ގޮތުން “ހިޔާލާއި ފިކުރު ކަފުނަށް”ނަމުގައި އާޓިފިޝަލް ބީޗުގައި މިރޭ 8:45 ގައި ފޯރަމެއް ބާއްވާނެކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ އިޢުލާނު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު