ފުލުހުން އަތުލާފައިވާ ބައެއް މަސްތުވާތަކެތި
ފުލުހުން އަތުލާފައިވާ ބައެއް މަސްތުވާތަކެތި
ހުޅުމާލޭން 4.60 ގުރާމުގެ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މިއަދު ބުނީ މި ތަކެތި ހޯދާފައިވަނީ މި މަހު 12 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު ހުޅުމާލޭ ފޭސް 1ގެ 148 ނަންބަރު ފްލެޓް ސިޑިގޮޅި ކައިރީގައި ހުރި މީހަކު ފުލުހުން ފެނުމުން އެ ސަރަހައްދުން ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެހެންކަމުން، ފުލުހުން ގޮސް އެ ސަރަހައްދާއި ފްލެޓް ސިޑިގޮޅި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 4.60 ގުރާމެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު