ހައުސިން މިނިސްޓަރަށް 9 ސުވާލު ކުރުމަށް މަޖިލީހަށް ހުށައަޅައިގެންވެސް ވާނުވާއެއް ނޭނގޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވެއްޖެއެވެ.
މެންބަރު ކުޑޫ މިހެން ވިދާޅުވެފައިވާއިރު، ހައުސިން މިނިސްޓަރާއި ބައްދަލު ކުރުމަށް އެދިގެން 3 މަސް ވެގެން ދިޔައިރުވެސް މިނިސްޓަރާއި ބައްދަލުވެފައި ނުވާތީ އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ވަނީ ހައުސިން މިނިސްޓްރީ ކައިރީގައި އިޙްތިޖާޖް ކޮށްފައެވެ.
ހައުސިންގ މިނިސްޓްރީ ސަރަޙައްދުގައި ހުންނަވައިގެން މެންބަރު ކުޑޫ މިއަދު ވިދާޅުވީ، އޭނާ އެކަނިވެސް މިނިސްޓަރަށް 9 ސުވާލެއް ކުރުމަށް މަޖިލީހަށް ހުށައަޅާފައިވާ ކަމަށާއި، ނަމަވެސް ޖަވާބެއް ނުލިބޭ ކަމަށެވެ.
“މިހާރު މިކަން އާދަޔަކަށް ހައްދަވައިފި. ދެން އަޅުގަނޑުމެންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއަޅަންޏާ، އަޅުގަނޑުމެންގެ ދެފައި ހުރިއްޔާ މިތަނަށް ނޫންތޯ އަންނާނީ.” މެންބަރު ކުޑޫ ވިދާޅުވެފައިވެއެވެ.
މެންބަރު ކުޑޫ މިހެން ވިދާޅުވެފައިވާއިރު، ހައުސިން މިނިސްޓްރީ ކުރިމައްޗަށް މިއަދު އެއްވި އެމްޑީޕީގެ ސަޕޯޓަރުން ގޮވާލާފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެމްޑީޕީގެ ސަރުކާރުން ދޫކުރި ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް އަވަސްކޮށް ދެފުށްފެންނާނެ ގޮތަކަށް ކުރިއަށް ގެންގޮސް ދިނުމަށެވެ.
ހަމައެއާއެކު ފްލެޓްތަކުގެ އަގުވެސް އެމްޑީޕީގެ ސަރުކާރުން ކަނޑައެޅި ވަރަށް ތިރިކޮށް، ފްލެޓްތަކުން ނަގަން ނިންމާފައިވާ އެޑްވާންސް ފައިސާ ނެގުން ހުއްޓާލުމަށާއި، ރައީސް މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ގުޅީފަޅު، ގިރާވަރުފަޅު އަދި ހުޅުމާލޭން ދޫކުރާ ގޯތި ހަވާލުކޮށް ސަރުކާރުގެ ހަރަދުގައި ގެދޮރު އަޅައިދިނުމަށްވެސް. އިޙްތިޖާޖްގެ ބައިވެރިން ގޮވާލާފައިވެއެވެ.
އެމްޑީޕީން މިއަދު ހައުސިން މިނިސްޓްރީ ކުރިމަތީގައި އިޙްތިޖާޖް ކޮށްފައިވާއިރު، އަންނަ މަހުގެ 3 ވަނަ ދުވަހު މާލޭގައި ބޮޑު އިޙްތިޖާޖެއް ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

MP @mohamedkudu goes to the Housjng Ministry, to meet the Housing Minister, to get answers for questions put to him by the MP. Opposition MPs claim Ministers fail to attend Majlis to answer Q’s put to them by MP’s, in breach of the law on Questioning Ministers at Majlis. pic.twitter.com/bIaSvwgJ5Y
— Mariya Didi 🇲🇻 (@MariyaDidi) September 14, 2025
މެންބަރު ކުޑޫ މިހެން ވިދާޅުވެފައިވާއިރު، ހައުސިން މިނިސްޓްރީ ކުރިމައްޗަށް މިއަދު އެއްވި އެމްޑީޕީގެ ސަޕޯޓަރުން ގޮވާލާފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެމްޑީޕީގެ ސަރުކާރުން ދޫކުރި ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް އަވަސްކޮށް ދެފުށްފެންނާނެ ގޮތަކަށް ކުރިއަށް ގެންގޮސް ދިނުމަށެވެ.
ހަމައެއާއެކު ފްލެޓްތަކުގެ އަގުވެސް އެމްޑީޕީގެ ސަރުކާރުން ކަނޑައެޅި ވަރަށް ތިރިކޮށް، ފްލެޓްތަކުން ނަގަން ނިންމާފައިވާ އެޑްވާންސް ފައިސާ ނެގުން ހުއްޓާލުމަށާއި، ރައީސް މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ގުޅީފަޅު، ގިރާވަރުފަޅު އަދި ހުޅުމާލޭން ދޫކުރާ ގޯތި ހަވާލުކޮށް ސަރުކާރުގެ ހަރަދުގައި ގެދޮރު އަޅައިދިނުމަށްވެސް. އިޙްތިޖާޖްގެ ބައިވެރިން ގޮވާލާފައިވެއެވެ.
އެމްޑީޕީން މިއަދު ހައުސިން މިނިސްޓްރީ ކުރިމަތީގައި އިޙްތިޖާޖް ކޮށްފައިވާއިރު، އަންނަ މަހުގެ 3 ވަނަ ދުވަހު މާލޭގައި ބޮޑު އިޙްތިޖާޖެއް ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު