ޕާކިސްތާނުގެ އަސްކަރީ ޤާފިލާއަކަށް ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ، ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަޙައްދުގައި އަސްކަރީ ގާފިލާއަކަށް ދިން އުދުވާނީ ހަމަލާގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެ، ގިނަ ޢަދަދެއްގެ ބަޔަކު ޒަހަމްވި ހާދިސާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
މި ހަމަލާގައި ޝަހީދުވި މީހުންގެ ޢާއިލާ އަށާއި، ޕާކިސްތާން ގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުވާފައިވެއެވެ. އަދި މި ފިނޑި ޖަރީމާގައި އަނިޔާލިބުނު އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިފައިވެއެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ދިވެހިރާއްޖެއަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ތެދުވެ ސާބިތުކަންމަތީ ދެމި އޮންނާނެ ޤައުމެއް ކަމުގައި ކަށަވަރުކޮށްދީ، ބައިނަލްއަޤްވާމީ މައިދާނުގައި އެކި ފަރާތްތަކާ ގުޅިގެން ޓެރަރިޒަމް އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހުއްޓުމެއްނެތި މަސައްކަތް ކުރާނެ ޤައުމެއްކަމުގެ ޔަޤީންކަން ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު