ސްޕެއިންގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކުރަނީ-
ސްޕެއިންގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކުރަނީ-
ސްޕެއިންގެ މެޑްރިޑްގައި ބޭއްވުނު ވުއެލްޓާ ސައިކަލް ރޭސްގެ ފައިނަލް މަރުހަލާ، ފަލަސްތީނަށް ތާއީދުކޮށް ހިންގި މުޒާހަރާއަކާ ގުޅިގެން ހުއްޓާލަން ޖެހިއްޖެއެވެ.

މި މުޒާހަރާއަކީ އިސްރާއީލުގެ ޓީމެއް މި ރޭހުގައި ބައިވެރިވާތީ އެކަމާ ދެކޮޅަށް ކުރެވުނު މުޒާހަރާއެކެވެ. މުޒާހަރާގެ ބައިވެރިން ވަނީ ބެރިކޭޑްތައް ވައްޓާލައި، ރޭސް ކުރިއަށްދިޔަ މަގުތައް ބަންދުކޮށްލާފައެވެ.

މި ހާދިސާގައި ދެ މީހަކު ހައްޔަރުކުރެވުނު އިރު، 22 ފުލުހުންނަށް ވަނީ އަނިޔާވެފައެފެ.

ރޭހުގެ ފަހު މަރުހަލާގައި 1،000 އަށްވުރެ ގިނަ ފުލުހުން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެތުރިފައިވީ ނަމަވެސް، މުޒާހަރާކުރި ފަރާތްތަކުން ފަލަސްތީނުގެ ދިދަ ހިފައިގެން ނުކުމެ މުޒާހަރާ ކުރިއެވެ.

މިކަމަށް ތާއީދުކުރަމުން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒް ވިދާޅުވީ ފަލަސްތީނުގެ މައްސަލައިގައި އަޑުއުފުލުމަކީ އިންސާފުވެރި ކަމެއް ކަމުގައެވެ.

ނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި ބައެއް އިސްރާއީލީ އިސްވެރިން ސަންޗެޒްގެ ބަސްފުޅުތަކަށް ފާޑުކިޔައި، އެއީ ޔަހޫދީންނަށް ދެކޮޅު ހަރަކާތެއް ކަމުގައި ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް