މަރްޔަމް ނަހްދާ ވަޙީދު   15 ސެޕްޓެމްބަރު 2025 - 9:57
ފޮނިތޮށި
ފޮނިތޮށި
ފޮނިތޮށި މިއީ ވަރަށް ގިނަ ގޭގޭގެ ބަދީގޭގައި ބޭނުންކުރާ "ސްޕައިސް" އެކެވެ. މިއީ ކާއެއްޗެހީގެ ރަހަ މީރުކޮށްދޭ އެއްޗަކަށްވީއިރު މިއިން ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއްވެސް ލިބިދެއެވެ. މިފަހަރު މި ހިމަނާލަނީ ކޮންމެ ދުވަހަކު ފޮނިތޮށި ކެއުމުން ލިބޭ ބައެއް ފައިދާތަކެވެ.

ހަކުރު ކޮންޓްރޯލު ކޮށްދޭ

ފޮނިތޮށްޓަކީ ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލު ކުރުމަށް އެހީވެދޭ އެއްޗެކެވެ. މީގައި ހިމެނޭ މާއްދާތަކެއް ކަމަށްވާ ސިނަމަލްޑީހައިޑް އާއި ޕޮލިފީނޮލްސް އަކީ އިންސިއުލިންއާ އެއްފަދަ ސިފަތަކެއް ހިމެނޭ މާއްދާތަކެކެވެ. އެހެންވެ މި ކެއުމުން މީހާގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދެއެވެ.

ހިތުގެ ސިއްހަތު ރަނގަޅުކޮށްދޭ

ފޮނިތޮށްޓަކީ ހިތުގެ ސިއްހަތު ރަނގަޅު ކުރުމުގައިވެސް އެހީވެދޭ މާއްދާއެކެވެ. މި ބޭނުން ކުރުމުން ހަންގަނޑުގައި ކޮލެސްޓްރޮލް ހުންނަ ވަރު ދަށްކޮށްދީ، ކޮލެސްޓްރޮލް މެނޭޖުކުރެއެވެ. އޭގެ ސަބަބުން ލޭގެ ޕްރެޝަރު ސްޓޭބަލްވެ، ހިތުގެ ސިއްހަތު ރަނގަޅުވެއެވެ.

ސިކުނޑީގެ ސިއްހަތު ރަނގަޅުކޮށްދޭ

ފޮނިތޮށްޓަކީ ސިކުނޑީގެ ސިއްހަތު ރަނގަޅު ކުރުމަށްވެސް އެހީވެދޭ އެއްޗެކެވެ. ފޮނިތޮށީގައި ހިމެނޭ މާއްދާތަކަކީ ނިއުރަލް ސިގްނަލް އިތުރަށް ވަރުގަދަ ކޮށްދޭ މާއްދާތަކެކެވެ. އެހެންވެ މި ކެއުމުން މީހާގެ ސަމާލުކަން ރަނގަޅުވެ،



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް